ENGLISH

07 ޖޫން 2025

Advertisement

ހައްޖު ކޯޕަރޭޝަނުގެ މަސައްކަތުން ތަފާތު ކަމެއް؛ ހައްޖާޖީންގެ ހަރަކާތްތަށް ރާއްޖެއިން މޮނިޓާކުރުން

06 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ހަައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހައްޖު ކޯޕަރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން، ފޮޓޯ: އެކްސް

ނިމުނު އަހަރުން ފެށިގެން ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީއަށް ދާ ހުރިހާ ދިވެހިން ދަނީ ޙައްޖާއި ޢުމްރާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދައުލަތުން އުފައްދާފައިވާ ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައެވެ. އެ ކުންފުނިން އަންނަނީ ޙައްޖުވެރިންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ސަޢުދީގައި ޙައްޖުވެރިން ތިބޭ ދުވަސްވަރު ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ހިނގަނީ މާލޭގައެވެ. އެ މަސައްކަތާ ގުޅޭ ތަފުސީލު ހާމަކުރައްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުޙައްމަދު ޝަކީލު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މައްކާއިން މިނާއަށް ދިއުމުގެ ދަތުރު ހައްޖުވެރިން ފެށުމާއެކު، މާލޭގައި ހުންނަ ހައްޖު ކޯޕަރޭޝަނުގެ ހެޑް އޮފީހުގެ މުވައްޒަފުން 24 ގަޑިއިރު ޝިފްޓު ޑިއުޓީގައި މަސައްކަތްކުރަމުންދާ ކަމަށެވެ. 

ޝަކީލު ވިދާޅުވި ގޮތުގައި 24 ގަޑިއިރު ޝިފްޓުތަކަަށް ބަހާލައިގެން މާލޭގައި ތިބި ކުންފުނީގެ މުވައްޒަފުން ކުރަމުންދާ ކަމަކީ ޙައްޖުވެރިން ތިބޭ ތަންތަނާއި ހަރަކާތްތެރިވާ ގޮތް މޮނިޓާކޮށް ހައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތެވެ. 

އޮޅިގެންވެސް ހައްޖުވެރިއަކަށް ކަނޑައެޅިފައިވާ ސަރަހައްދުން ބޭރަށް ދެވިއްޖެނަމަ، މާލޭގައި ހުންނަ ހެޑް އޮފީހުން އެ ހައްޖުވެރިޔަކަށް ގުޅައި، ހާލު ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް ޝަކީލު ވިދާޅުވިއެވެ. 

އެގޮތުން ހައްޖުވެރިޔަކަށް ކަނޑައެޅިފައިވާ ސަރަހައްދުން ބޭރަށް ދެވިއްޖެނަމަ އެމީހަކަށް ބޭނުންވާ އެހީތެރިކަން ސައުދީ އަރަބިއްޔާގައި ހަރަކާތްތެރިވާ އެހީތެރިކަން މެދުވެރިކޮށް ފޯރުކޮށްދެމުންދާކަން އެމްޑީ ފާހަގަކުރެއްވިއެވެ. 

މި އަހަރު ދިވެހި ޙައްޖުވެރިންނަށް މިނާއާއި ޢަރަފާތުގައި އަދި ސަޢުދީއަށް ދަތުރުކުރުމުގައާއި މައްކާއާއި މަދީނާގެ ދެމެދުގައި ދަތުރުކުރުމުގައިވެސް ބޮޑެތި ގިނަ ލުއިތަކެއް ހަމަޖައްސާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު