ENGLISH

26 ނޮވެމްބަރު 2024

ޚާރިޖީ ވަޒީރު ޑރ. ޚަލީލް، އޮމާންގެ ޚާރިޖީ ވަޒީރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

18 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

އޮމާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސައިދީއަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖުގައި ވަނީ އޮމާންގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، މަނިކުފާނަށާއި އޮމާންގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކޮށްފައެވެ.

"އަޅުގަނޑުމެންގެ އިސްލާމީ އަޤީދާގެ މައްޗަށް ބިނާވެފައިވާ، ދެ ޤައުމުގެ ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދު ކުރަމެވެ. އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުޞަތުގެ ބޭނުންކުރީމެވެ." ޚާރިޖީ ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު