ENGLISH
26 ނޮވެމްބަރު 2024
އެންމެ މަޤްބޫލު
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.
ރޭ ފަތިހުވެހެން ފެށި ބޯ ވާރެޔާއެކު މާލޭގެ މަގުތަކުގައި ހިނގާ ބިނގާވެ އުޅެން ދަތިވާ ވަރަށް މިހާރު ވަނީ ފެންބޮޑުވެފަ އެވެ.
މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެގޮތުން އެ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:50 އިން މެންދުރުފަހު 1 ޖެހުމުގެ ނިޔަލަށެވެ. އެ އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށް ލަފާކޮށެވެ.
މާލޭގައި ފެން ބޮޑުވެފައިވާ މަގުތަކުގައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން އަންނަނީ ކުރަމުންނެވެ.