ENGLISH
04 ޖުލައި 2025
18 ރަށެއްގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ތަރައްގީކުރަން ކުންފުނިތަކާ ހަވާލުކޮށްފި
29 މޭ 2025
|
ރޭ ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ނާޒިމް ވާހަކަދައްކަވަނީ. ފޮޓޯ: އާރުޑީސީ
ރާއްޖޭގެ ސިއްހީ ނިޒާމުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން 18 ރަށެއްގައި ސިއްހީ ހިދުމަތް ދެމުން އަންނަ މަރުކަޒުތައް ތަރައްގީކުރަން ތިން ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކުންފުނިތަކާ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ ރޭ ސިއްހީ ވުޒާރާގައެވެ. ރޭ އެ މަސައްކަތްތައް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ފެނަކަ ކޯޕަރޭޝަނުގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ.
ރަސްމިއްޔާތުގައި ބައިވެވަޑައިގެން ވާހަކަދައްކަވަމުން ސިއްހީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ރަށްރަށުން އެދޭ ކަންކަމުގެ ތެރޭގައި ސިއްހީ ނިޒާމުގެ ވަސީލަތްތައް ތަރައްގީކުރުން ހިމެނޭކަމަށެވެ. އަތޮޅުތަކުގައި ސިއްހީ ހިދުމަތް ފުޅާކުރުމުގެ މަސައްކަތްކުރަނީ ސިޔާސަތުތައް އެގޮތަށް ބައްޓަންކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގެ ސިއްހީ މަރުކަޒުތައް ތަރައްގީކުރުމާއެކު އާ އިމާރާތްތައް އެޅުމުގެ މަސައްކަތްތައް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މިއަހަރު ތެރޭގައި ގިނަ ރަށްތަކެއްގައި ފަށާފައިވާ މަސައްކަތް ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެވެ.