ENGLISH
04 ޖުލައި 2025
ޤައުމީ ބެންކުން ހިއްސާއަކަށް 55ރ ބަހަނީ، ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދު
28 މޭ 2025
|
ބެންކު އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ -- ފޮޓޯ: ބީއެމްްއެލް
ޤައުމީ ބެންކު -- ބެންކު އޮފް މޯލްޑިވްސް އިން ހިއްސާ އަކަށް 55 ރުފިޔާ ބެހުމަށް ނިންމައިފި އެވެ.
އެ ނިންމުން ނިންމީ މިރޭ އޮތް އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ އެވެ. އާންމު ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ އަޤުލަބިއްޔަތުން ނިންމީ 2024 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާ އަކަށް 55 ރުފިޔާ ބެހުމަށެވެ.
އެގޮތުން 296 މިލިއަން ރުފިޔާ ބެހުމަށް ވަނީ ނިންމާފަ އެވެ.
ޤައުމީ ބެންކުން ބުނި ގޮތުގައި މިއީ އެ ބޭންކުގެ ތާރީޚުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑުއަދަދެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވީ އެ ބެންކުން ހިއްސާދާރުންނަށް ރެކޯޑު އަދަދުގެ ފައިދާ ބެހުމަށް ނިންމުމަކީ އުފާވެރި ނިންމުމެއް ކަމަށެވެ.
އަދި އެއީ ބެންކުގެ މުވައްޒަފުންގެ ބުރަމަސައްކަތުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ޔަޤީން ދެއްވީ ހަރުދަނާ އުސޫލުތަކުގެ ތެރޭގައި ބެންކު ހިންގަމުން ގެންދާނެ ކަމަށެވެ.
އަދި ވިދާޅުވީ މާލީ ކުރިއެެރުން ހޯދުމާއި ރައްޔިތުންނަށް އިތުބާރު ކުރެވޭ ޚިދުމަތްތަކެެއް ފޯރުކޮށް ދިނުމުގައި ބެންކުން ދެމި އޮންނާނެ ކަމަށެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސްއަށް ސާފްފައިދާގެ ގޮތުގައި 497 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.