ENGLISH
04 ޖުލައި 2025
ހުޅުމާލޭގެ އާ މާސްޓާ ޕްލޭނަށް ޢާންމުންގެ ޚިޔާލު ހޯދަނީ
28 މޭ 2025
|
ހުޅުމާލޭގެ އާ މާސްޓާ ޕްލޭނަށް ޢާންމުންގެ ޚިޔާލު ހޯދަން ވަނީ ހުޅުވާލާފައި
މުހިއްމު ބަދަލުތަކަކާއެކު އަލުން އެކުލަވާލެވުނު ހުޅުމާލޭގެ މާސްޓަރ ޕްލޭން ޢާންމުންގެ ޚިޔާލަށް ހުޅުވާލައިފި އެވެ.
އެޗްޑީސީން ބުނީ މި މަހުގެ 26 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވި މާސްޓާ ފްލޭނަށް މިހާރު އޮންލައިންކޮށް ޚިޔާލު ހުށައެޅޭނެ ކަމަށެވެ. އެ ފުރުސަތު އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަަމަށް ވެސް ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި އާ މާސްޓާ ޕްލޭން ފައިނަލް ކުރުމުގައި ޢާންމުންގެ ފަރާތުން ލިބޭ ޚިޔާލު ތަކަށް ބަލާނެ އެވެ.
ހުޅުމާލެ އާ މާސްޓަރ ޕްލޭނަކީ ރައީސް މުޢިއްޒު ސިފަކުރެއްވި ގޮތުގައި، ދުރުރާސްތާއަށް ވިސްނިގެން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަޤީން ކުރެވިގެންދާ ޕްލޭނެެކެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މި ޕްލޭނާ އެއްގޮތަށް ހުޅުމާލޭ ތަރައްޤި ކުރެވިއްޖެ ނަމަ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ 3 ލައްކައެއްހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމުގެ ފުރުސަތުތަކެއް ހޯދައިދެވޭނެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ ފައިނޭންޝަލް ކެޕިޓަލްގެ ގޮތުގައި ހުޅުމާލެ ތަރައްޤީ ކުރަން އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަ އެވެ. މާސްޓަރ ޕްލޭންގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީ ކުރާ ބައިނަލްއަގްވާމީ މާލީ އިދާރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗާއާއި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުން ހިމެނޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަަގުން ހުޅުމާލެ ތަރައްޤީ ކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ.
އެޗްޑީސީން ބުނީ މާސްޓަރ ޕްލޭން އެކުލަވާލާފައިވަނީ ހުޅުމާލޭގެ ބިމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭ، ދިރިއުޅޭ މީހުންނަށް ވިޔަފާރިތަކާއި އެހެނިހެން ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާ ކުރެވެނޭ ގޮތަށް ކަމަށެވެ.