ENGLISH
04 ޖުލައި 2025
ކަނޑޫދޫ ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލި މައްސަލާގައި ޓީޗަރު ހައްޔަރު ކޮށްފި
28 މޭ 2025
|
ކުއްޖާގެ އިނގިލީގައި ބެންޑޭޖް ކޮށްފައި -- އެމްވީކްރައިސިސްގެ ފޮޓޯއެއް
ތ. ކަނޑޫދޫ ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލި މައްސަލައާ ގުޅިގެން ތުހުމަތު އޮތް ޓީޗަރު ހައްޔަރު ކޮށްފި އެވެ.
އެމްއެމްޓީވީއާ ވާހަކަ ދައްކަމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލުމުގެ ތުހުމަތު އޮތް ބިދޭސީ ޓީޗަރު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
އިތުރު ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި އެ ދަރިވަރު ފެން ފުޅިއަކުން ޓީޗަރުގެ ގައިގާ ޖެހުމުން އެ ޓީޗަރު ވަނީ ރުޅިއައިސްގެން ކުއްޖާަގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލާފަ އެވެ. އެކަމާއި ގުޅިގެން ކުއްޖާއަށް ވަނީ ފަރުވާ ދީފަ އެވެ.