ENGLISH
04 ޖުލައި 2025
ކުނބުރުދު އާއި އިހަވަންދޫގެ ފުޓުބޯޅަ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ފަށައިފި
28 މޭ 2025
|
ހއ. އިހަވަންދޫގެ ފުޓުބޯޅަ ދަނޑު ލެވެލް މަސައްކަތުގެ ތެރެއިން. --ފޮޓޯ: އާރްޑީސީ
އދ. ކުނބުރުދޫ އާއި ހއ. އިހަވަންދޫގެ ފުޓުބޯޅަ ދަނޑު ލެވެލް މަސައްކަތް ފަށާފައިވާ ކަމަށް އެ ދެ މަޝްރޫޢުގެ ކޮންޓްރެކްޓާރ ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަކުރުމަށްޓަކައި އެކުންފުނިން ކުރި ޕޯސްޓެއްގައި ބުނީ ހއ. އިހަވަންދޫގެ ހުރަވީ ފުޓުބޯޅަ ދަނޑާއި އދ. ކުނބުރުދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން މި ވަގުތު ކުރިއަށް ދަނީ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ކަމަށެވެ.
އާރްޑީސީއަކީ ވަރަށް ގިނަ ކުޅިވަރާއި މަޝްރޫޢުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން، މި މަހުގެ 25 ވަނަ ދުވަހު ވަނީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީގެ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދިޔަ ޓާފް އެޅުމުގެ މަސައްކަތް ނިންމާލައިފައެވެ.
ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ޒަމާނީ ފެންވަރަށް ދަނޑުތައް ތަރައްގީކުރުމެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.