ENGLISH

04 ޖުލައި 2025

Advertisement

ހިޔާގެ ދެވަނަ ޓަވަރުގެ އާ ލިފްޓުތަށް ބޭނުންކުރަން ފަށައިފި

28 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ހިޔާ ފްލެޓް ގެ ދެވަނަ ޓަވަރުގައި ބަހައްޓާފައިވާ އާ ލިފްޓްތައް ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

މިއީ ހިޔާގެ ޓަވަރުތަކުގައި ހަރުކުރަމުން އަންނަ އާ ލިފްޓުތަކުގެ ތެރެއިން ބޭނުންކުރަން ފެށި ފުރަތަމަ ލިފްޓުތަކެވެ.

މި އާ ލިފްޓުތަކަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި މި ލިފްޓުތަކަށް އެއްފަހަރާ 21 މީހުންނަށް އެރެ އެވެ.

ހިޔާގެ 16 ޓަވަރުގައި، ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ފެށި މި ބޮޑު ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔަންގް ޔުގެންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޮމްޕެނީ ލިމިޓެޑާއެވެ.

މި މަޝްރޫއުގެ ޖުމްލަ އަގަކީ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އެވެ. އަދި 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރަކަށް އާ ދެ ލިފްޓް އިތުރުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު