ENGLISH

04 ޖުލައި 2025

Advertisement

ނޭޕާލްގެ ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް ތަހުނިޔާ ފޮނުއްވައިފި

28 މޭ 2025

|

ޝަރާ އަބްދުﷲ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރާމް ޗަންދްރާ ޕައުޑެލް އަށާއި ޕްރައިމް މިނިސްޓާރ ކޭޕީ ޝަރުމާ އޮލީ އަށާއި ނޭޕާލްގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް ހިއްސާކުރެއްވި މެސެޖުގައި، ނޭޕާލްގެ ލީޑަރޝިޕަށާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، އެ ޤައުމުގެ ސުލްޙައާއި ކުރިއެރުމާއި ތަނަވަސްކަން ދެމިއޮންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ނޭޕާލާއެކު އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވައި، ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނޭޕާލްގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. މި މުނާސަބަތަކީ ނޭޕާލް ޤައުމީ ފަޚުރާއި އެއްބައިވަންތަކަން ދައްކުވައިދޭ އުފާވެރި މުނާސަބަތެކެވެ.

ކިޔުންތެރިންގެ ހިޔާލު