ENGLISH
04 ޖުލައި 2025
އިންފްލުއެންޒާއަށް ޕޮޒިޓިވްވުން އިތުރުވެ، ސަމާލުވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި
28 މޭ 2025
|
ރާއްޖޭގައި ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު ގިނަވެ، އިންފްލުއެންޒާ އާއި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އިއްޔެ ވަނީ އޭޕްރީލް 6 އިން މެއި 17 ވަނަ ދުވަހުގެ ނިޔަލަށް ތަފާސްހިސާބު އާއްމުކޮށްފައެވެ. އެ ތަފާސްހިސާބުތަކުގައި ވާގޮތުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެ އިދާރާއިން ބުނީ، ރޯގާ ޖެހިގެން ރިޕޯޓްކުރި ކޭސްތަކުގެ ތެރޭގައި ޑެންގީ ހުމުގެ 86 ކޭސް ހިމެނޭ ކަމަށެވެ. އެކަމަކު މިދިޔަ އަހަރާ އަޅާބަލާއިރު އެ އަދަދު މަދުކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ޑެންގީ ހުމުގެ 675 ކޭސް ރިޕޯޓްވެފައިވެއެވެ.
ޑެންގީ ހުން ޖެހިގެން މިއަހަރު އެންމެ ގިނައިން ރިޕޯޓްވީ ރ، ކ އަދި އއ. އަތޮޅުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުގައި ވާގޮތުން 23 ދުވަސްތެރޭ އިންފްލުއެންޒާގެ 254 ކޭސް ޕޮޒިޓިވްވެފައިވެއެވެ. އަދި، ކޮވިޑަށް 37 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އިންފްލުއެންޒާއާއި ކޮވިޑްގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްވެފައިވަނީ މާލެ ސަރަޙައްދުންނެވެ.
2024 - 43882
2025 - 36047
2024 - 50
2025 - 254
2024 - 38
2025- 37
އެޗްޕީއޭއިން ބުނީ ވިއްސާރަވެއްޖެ ނަމަ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅައި ސަމާލުކަންދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.