ENGLISH
04 ޖުލައި 2025
ރައީސުލްޖުމްހޫރިއްޔާ، އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
28 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އިލްހާމް ހޭދަރު އޮގްލޫ އަލިޔެވް، ޕްރައިމް މިނިސްޓަރް އަލީ ހިދާޔަތު އޮގްލޫ އަސަޑޯވް އަދި އަޒަރުބައިޖާންގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް ހިއްސާކުރެއްވި މެސެޖުގައި، މި ތާރީޚީ ދުވަހަކީ އަޒަރުބައިޖާންގެ ރައްޔިތުންގެ ކެތްތެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ ދުވަހެއްކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އަޒަރުބައިޖާންގެ އެކު އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވައި، ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަޒަރުބައިޖާންގެ މިނިވަން ދުވަހަކީ މެއި 28 ވަނަ ދުވަހެވެ. އެދުވަހަކީ އެގައުމަށް މިނިވަންކަން ލިބި ވަކި ޖުމްހޫރިއްޔަތެއް ގޮތުގައި ކަނޑައެޅި ދުވަހެވެ.