ENGLISH
04 ޖުލައި 2025
ކުދި ވިޔަފާރިތައް ފުނޑާލީ އެމްޑީޕީ ސަރުކާރުން، އިޤްތިސާދުގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ: ޒަރީރު
28 މޭ 2025
|
މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ދިވެހި ކުދި ވިޔަފާރިތައް ފުނޑާލީ އެމްޑީޕީ ސަރުކާރުން ކަމަށާ މިއަދު އެ ޕާޓީގެ ވެރީން ނިކުމެ ވިޔަފާރިިއާ އިޤްތިސާދުގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ ކަމަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ކޮންގްެރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ އެމްޑީޕީގެ ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި އިޤްތިސާދަށް ގެނައި އެންމެ ހެޔޮ ބަދަލެއް ވެސް ބުނެ ނުދެވޭނެ ކަމަށެވެ. އެމްޑީޕީއަށް ކުރެވުނީ ދެތީން ކަމެއް ކަމަށާ އެއީ 56 ބިލިއަންގައި އޮތް ދަރަނި އޭގެ ދެގުނަ ކުރުމާއި ފައިސާ ޗާޕުކޮށް ދައުލަތުގެ އިޤްތިސާދު ފުން ވަޅުގަޑަކަށް ވައްޓާލުން ކަމަށް ޒަރީރު ވިދާޅުވި އެވެ.
"ކުރިހާ ވެސް ކަމަކީ ފައިސާ ޗާޕުކުރުން. ދެން ކުރި ކަމަކީ ޓެކްސް ބޮޑުކުރުން,"
މިރޭގެ ޖަލްސާގައި ޒަރީރު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ވިދާޅުވީ ޑިމޮކްރަސީގެ ވާހަކަ ދައްކަން ވެސް އެމްޑީޕީ ލަދުގަންނަން ޖެހޭނެ ކަމަށެވެ. އެމްޑީޕީގައި އޮތީ ހުތުރު މާޒީއެއްކަން ފާހަގަ ކުރައްވާ ޒަރީރު ވިދާޅުވީ އެއީ ރައްޔިތުން އިންތިޚާބު ކުރި ވެރިއަކު ދެތީން ހަފްތާގެ ތެރޭގައި މަޤާމުން އަޒުލު ކުރަން މަސައްކަތް ކުރި ޕާޓީއެއް ކަމަށެވެ.
މީގެ އިތުރުން ޝަރުއީ ނިޒާމުގެ ދިފާޢުގައި އެމްޑީޕީން ވާހަކަ ދައްކާތީ ވެސް ޒަރީރު ވަނީ ފާޑު ވިދާޅުވެފަ އެވެ.
ޒަރީރު ވިދާޅުވީ ޖުޑީޝަރީ މިނިވަން ކުރުމަށް އަދި ފަނޑިޔާރުންނަށް ބިރެއް ނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެ މާޙައުލެއް ޤާއިމު ކުރުމަށް އެމްޑީޕީން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. ކުޑަމިނުން ފަސް އަހަރުތެރޭ ޖޭއެސްސީއަށް ވެސް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ރެކޯޑް އަދަދަކަށް ފަނޑިޔާރުން ވަކިކޮށް ބޭރުކޮށްލި ކަމަށް ވިދާޅުވި އެވެ. ފަސް އަހަރުގެ ދައުރުގެ ތެރޭގައި 56 ފަނޑިޔާރުންނަށް އެކި މައްސަލަތަކާއި ގުޅުވާ އަދަބު ދީފައިވާކަން ވެސް ޒަރީރު ފާހަގަ ކުރެއްވި އެވެ.
"މި މީހުން މި ދައްކަނީ ކޮން ވާހަކައެއްތޯ. ފަނޑިޔާރުންނާއި ގުޅޭގޮތުންނާއި އަދުލްއިންސާފުގެ ވާހަކަ ދައްކަން މިއަދު އެމްޑީޕީން ލަދުގަންނަން ޖެހޭނެ," ޒަރީރު ވިދާޅުވި އެވެ.