ENGLISH

04 ޖުލައި 2025

Advertisement

ރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެ ފަރާތަކަށް ދީފި

27 މޭ 2025

|

އަޙުމަދު ޙަމީދު

ރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެ ފަރާތަކަށް ދިނުން

ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެ ފަރާތަކަށް ދީފި އެވެ.

ސެންޓްރަލް ބެންކު -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިރޭ ބުނީ ދިވެހިރާއްޖޭގައި މާލީ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށް އެ އޮތޯރިޓީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ މި މަހުގެ 19 ވަނަ ދުވަހު ދެ ފަރާތަށް އެ އޮތޯރިޓީއިން ދޫކޮށްފައިވާ ކަމަށެވެ.

އެ ދެ ފަރާތަކީ:

  1. މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ (އެމްއެފްއެލްސީ) – މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކްގެ ނަމުގައި ޓިއަރ 1 ބޭންކްއަކަށް ބަދަލުކުރުމަށް
  2. ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއަރ 1 ބޭންކްއެއް ޤާއިމްކުރުމަށް

މި ދެވުނު ހުއްދަތަކާއެކު، ޚިދުމަތް ފެއްޓުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް އެ އޮތޯރިޓީއިން ކަނޑައަޅާ ޝަރުތުތައް ފުރިހަމަކުރުމުން މި ދެ ފަރާތަށް ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމުގެ ހުއްދަ ދޭނެ ކަމަށް ވެސް ބުންޏެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީއިން ދެކޭގޮތުގައި މިއީ މާލީ ޚިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.

ރާއްޖޭގައި މި ވަގުތު ހަތް ބެންކަކުން ދަނީ ޚިދުމަތް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު