ENGLISH

04 ޖުލައި 2025

Advertisement

މާދަމާ އަކީ ޙައްޖު މަހުގެ 1 ވަނަ ދުވަސް، ހައްޖު ދުވަހަކީ ޖޫން 5

27 މޭ 2025

|

އަޙުމަދު ޙަމީދު

މާތްވެގެންވާ ގެފުޅު ވަށާ ބަޔަކު ތޮވާފް ކުރަނީ.

ޙައްޖު މަހުގެ ހަނދު ފެނިފައިވާތީ މާދަމާ އަކީ މި އަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ސަޢުދީ ސަރުކާރުން ޢިއުލާނު ކޮށްފި އެވެ.

ޙައްޖު މަހުގެ ހަނދާއި ގުޅޭގޮތުން ސަޢުދީ ސަރުކާރުން ބުނީ ޙައްޖު މަހުގެ ހަނދު ފެނިފައިވާ ކަމަށާއި އެހެން ކަމުން މިއަދަކީ ޒުލްޤާޢިދާ މަހުގެ އެންމެ ފަހު ދުވަސް ކަމަށެވެ. އަދި ހައްޖު މަހުގެ ފުރަތަމަ ދުވަހަަކީ މާދަމާ އެވެ.

އެހެން ކަމުން މާތްވެގެންވާ ޙައްޖު ދުވަސް / ނުވަތަ ޢަރަފާތު ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ. އަދި މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހަށް ވަނީ ޖެހިގެން އަންނަ 6 ވަނަ ދުވަހެވެ.

ޙައްޖު މަހަކީ އެންމެ މާތް މައްސަރުތަކުގެ ތެރޭގައި ހިމެނޭ މަހެކެވެ. މި މަހުގެ ފުރަތަމަ 10 ދުވަހަކީ މި ދުނިޔެ މައްޗަށް އިރުއަރާނެ އެންމެ ހެޔޮ ދުވަސްތަކެވެ. މި ދުވަސްތަކުގެ ތެރެއިން ފުރަތަމަ ނުވަ ދުވަހު ރޯދައަށް ހުރުމަކީ ސުންނަތްކަން ގަދަވެގެންވާ ކަމެކެވެ. ޚާއްސަކޮށް ޙައްޖު ދުވަހު ރޯދައަށް ހުރުމަކީ ގަދަ ސުންނަތެކެވެ.

މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހީން މިހާރު ވަނީ ފުރަން ފަށާފަ އެވެ. ފުރަތަަމަ ގުރޫޕް އިއްޔެ ހަވީރު އަދި ދެވަނަ ގުރޫޕް މިއަދު ހެނދުނު ވަނީ ފުރާފަ އެވެ. ތިންވަނަ ގުރޫޕް ފުރާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. އަދި ހަތަރު ވަނަ ގުރޫޕް މި މަހުގެ 30 ވަނަ ދުވަހު ފުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު