ENGLISH
04 ޖުލައި 2025
ސުޕްރީމް ކޯޓަށް ފަނޑިޔާރު ހަމަޖެއްސުން: ޖޭއެސްސީން ކަނޑައެޅި ނަންތައް ރައީސަށް ފޮނުވަނީ
27 މޭ 2025
|
އެންމެ މަތީން މާކުސް ލިބިވަޑައިގެންނެވި ދެ ބޭފުޅުން
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި 12 ބޭފުޅުންނާއި އިންޓަވިއު ކުރުމަށް ފަހު އެންމެ މަތީން މާކުސް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ފަނޑިޔާރު ކަމަށް ހަމަޖެއްސުމަށް ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނިންމައިފި އެވެ.
މި މަހުގެ 22 ގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ.
ޖޭއެސްސީން ބުނީ މުއްދަތު ހަމަވީއިރު ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިހާރު ވެސް ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި ކުރީގެ ފަނޑިޔާރުންނާއި ފަނޑިޔާރު ކަމުން ވަކިކުރައްވާފައިވާ ބޭފުޅުންނާއި ޤާނޫނީ ވަކީލުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެ ހުރިހާ ބޭފުޅުންނާއި އިންޓަވިއު ކުރުމަށް ފަހު އެންމެ މަތީން މާކުސް ލިބިވަޑައިގަތް ދެ ބޭފުޅުން ފަނޑިޔާރު ކަމަށް ހަމަޖެއްސުމަށް ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ފޮނުވުމަށް ޖޭއެސްސީން މިހާރު ވަނީ ނިންމާފަ އެވެ. އިންޓަވިއު އިން އެންމެ މަތީން މާކުސް ލިބިވަޑައިގަތީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ. ހަމީދަކީ ވެސް ހައިކޯޓް ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.
މި ބޭފުޅުންގެ އިތުރުން ދެން ކުރިމަތިލެއްވީ:
ސުޕްރީމް ކޯޓުގެ ބެންޗު އެކުލެވިގެންވަނީ، އުއްތަމަ ފަނޑިޔާރާއި، އިތުރު ހަ ފަނޑިޔާރުންގެ މައްޗަށެވެ.
ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރާނީ ޖޭއެސްސީގެ މަޝްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރާ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުންނެވެ.