ENGLISH
04 ޖުލައި 2025
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
27 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ، ކުރީގެ ޕޮލިސް ކޮމިޝަނަރަށް މަޤާމުގެ ލިޔުން ޙަވާލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލުމަށް، ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ 12:00 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށެވެ. ކޮމިޝަނަރު ކަމަށް ކުރިމަތިލެވޭނީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ރޭންކުން މަތީ ރޭންކުތަކުގެ އޮފިސަރުންނަށެވެ.
މަޤާމަށް ބޭފުޅަކު ކަނޑައަޅުއްވާނީ، މަޤާމަށް ކުރިމަތިލައްވާ އޮފިސަރުންގެ ފެންވަރު ވަޒަންކުރުމަށްފަހު، ނުވަތަ އިންޓަވިއު ކުރުމަށްފަހު، ހޯމް މިނިސްޓަރުގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަޤާމު ހުސްވެފައި ވަނީ، ކުރިން އެމަޤާމުގައި ހުންނެވި ޢަލީ ޝުޖާޢު، މަޤާމުން އިސްތިއުފާ ދެއްވާ، ރިޓަޔަރ ކުރެެއްވުމުންނެވެ. އެއަށްފަހު ވަގުތީ ގޮތުން ކޮމިޝަނަރުކަން ޙަވާލުކުރައްވާފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާޢީލް ނަވީން އާއެވެ.