ENGLISH

04 ޖުލައި 2025

Advertisement

އެމްއެންޔޫއިން ދިރާސާކުރުމަށާއި ފޮތް ލިޔުމަށް މާލީ އެހީ ދީފި

27 މޭ 2025

|

އިސްމާއީލް ރާތިއު

އެމްއެންޔޫ ބުކް ގްރާންޓް އަދި ރިސަރޗް ގްރާންޓް ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރިސިޓީ (އެމްއެންޔޫ) އިން ދިރާސާ ކުރުމަށާއި ފޮތް ލިޔުމަށް، ޖުމްލަ 259،200 ރުފިޔާގެ މާލީ އެހީ ދީފިއެވެ.

އެމްއެންޔޫގައި ޕޯސްޓްގްރެޖުއޭޓް އަށްވުރެ މަތިން ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި އެ ޔުނިވަރސިޓީގެ މުވައްޒަފުން ފޮތް ލިޔުމަށާއި، އެކި ދާއިރާތަކުން ދިރާސާކުރުމަށް މާލީ އެހީއަށް އެދުމަކީ އާ އުފެއްދުންތަކާއި ޢިލްމީ ހެކިތަކުގެ ޢަލީގައި ސިޔާސަތުތައް ކަނޑައެޅުމަށް ހަރުދަނާ ދިރާސާ މާޙައުލެއް ޤާއިމުކުރުމުގެ އަމާޒުގައި ހުޅުވާލާފައިވާ ފަހި ފުރުސަތެކެވެ.

އެގޮތުން މި އަހަރު، ޤައުމީ ޔުނިވަރސިޓީން ވަނީ ދިރާސާ ކުރުމަށް، "ރިސަރޗް ގްރާންޓް" ގެ ދަށުން ތިން ފަރާތަކަށް، އަދި ފޮތް ލިޔުމަށް، "ބުކް ގްރާންޓް" ގެ ދަށުން އެއް ފަރާތަކަށް މާލީ އެހީ ދީފައެވެ.

އެމްއެންޔޫ ރިސަރޗް ގްރާންޓް ލިބިފައިވާ ފަރާތްތަކާއި ދިރާސާކުރާނެ މައުޟޫޢުތައް:

އާސިޔާ އިބްރާހިމް: "ޑިވެލޮޕް އެންޑް އިވެލުއޭޓް ދަ އެފެކްޓިވްނެސް އޮފް އަ މޮބައިލް އެޕް ފޮރ އެކުއިޒިޝަން އޮފް ޓްރިއޭޖް ނޮލެޖް އެންޑް ސްކިލް އިން އަންޑަރގްރެޖުއޭޓް ނަރސިންގ ސްޓޫޑަންޓްސް"

ބަތޫލް ޒަހޫރް ޤާޒީ: "އިންވެސްޓިގޭޝަން އިފް ދަ ޔޫސް، އެޓިޓިއުޑް އެންޑް އެޑޮޕްޝަން އޮފް ޖެނެރޭޓިވް އޭއައި އިން ޓީޗިންގ އެންޑް ލަރނިންގ ލޯ އިން ދަ މޯލްޑިވްސް: އަ މިކްސްޑް މެތަޑް ސްޓަޑީ"

މަރްޔަމް ހުދާ: "ނެވިގޭޓިންގ ދަ ފިއުޗަރ: އިންސައިޓްސް އޮން ޓެލެނަރސިންގ ފްރޮމް އަންޑަރގްރެޖުއޭޓް ނަރސިންގ ސްޓޫޑަންޓްސް އިން ދަ މޯލްޑިވްސް"

އެމްއެންޔޫ އިން ބުކް ގްރާންޓް ދީފައި ވަނީ އިބްރާހީމް އާދަމް އަށް، "އެސްޕީއެސްގެ އެހީގައި ޑޭޓާ ތަހުލީލުކުރުމާއި އިންޓަފްރިޓްކުރުން؛ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް" މި މައުޟޫޢަށް ފޮތް ލިޔުމަށެވެ.

ކިޔުންތެރިންގެ ހިޔާލު