ENGLISH
04 ޖުލައި 2025
މަގު ހަދާއިރު ތަފާތު ކުލަކުލައިގެ ގައު އަތުރައިދިނުމަށް ތޮއްޑޫ ކައުންސިލުން އެދިފައިވޭ: މުއްތަލިބު
27 މޭ 2025
|
ތޮއްޑޫގައި މަގު ހަދާއިރު އެކި ކުލަ ކުލައިގެ ގާ ބޭނުންކުރުމަށް ތޮއްޑޫ ކައުންސިލުން އެދިފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރައްވާފައިވާ ޕޯސްޓަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ޕޯސްޓުގައި މިނިސްޓަރ ވިދާޅުވީ ތޮއްޑޫ މަގު ހަދާ އިރު އެކި ކުލަ ކުލައިގެ ގާ ބޭނުންކުރުމަށް އެ ރަށު ކައުންސިލުން އެދިފައި ނުވާ ކަމަށް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރަށް މައުލޫމާތު ދެވިފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.
މިނިސްޓަރ ވަނީ އިންފޮމޭޝަން އޮފިސަރަށް ދެވުނު މަޢުލޫމާތު ރަނގަޅު ކޮށްދެއްވައިފައެވެ.
މިނިސްޓަރ މުއްތަލިބު ވިދާޅުވީ ތޮއްޑޫ ކައުންސިލުން ސިޓީއަކުން 8 ޖަނަވަރީ 2024 ގައި އެކަމަށް އެދިފައިވާ ކަމަށާއި މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ އެކަން އިސްލާޙުކޮށް ކައުންސިލަށް އަލުން ޖަވާބު ދިނުމަށް ދަންނަވާފައިވާ ކަމަށެވެ.
މީގެ އިތުރުން ލޯކަލް ޓޫރިޒަމް ހިންގާ ރަށްތަކުން ތާރު އެޅުމުގެ ބަދަލުގައި ފަތުރުވެރިންނަށް ގަޔާވާނެ ގޮތަށް އެކި ކުލަ ކުލައާއި ޕެޓާންތަކުގެ ގާއަތުރައިގެން މަގު ހެދުމަށް މަޝްވަރާކޮށްފައިވާ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.