ENGLISH

04 ޖުލައި 2025

Advertisement

ބީއެމްއެލްގެ ރިވިއު: މިދިޔަ އަހަރު ކާޑު ބޭނުންކޮށްގެން 87 މިލިއަނަށްވުރެ ގިނަ ޓްރާންސެކްޝަން ހިންގި

27 މޭ 2025

|

ޢަލީ ޝަހީމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ބޭނުންކޮށްގެން މިދިޔަ އަހަރު 87 މިލިއަނަށްވުރެ ގިނަ  ޓްރާންސެކްޝަން ހިންގާފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ. 

މީސްމީޑިއާގައި ބީއެމްއެލްއިން އިއްޔެ ވަނީ "2024 އިން ރިވިއު" އާ ގުޅޭ މުހިއްމު ތަފާސްހިސާބު އާއްމުކޮށްފައެވެ. އެގޮތުން، އެ ބޭންކުން ދޫކުރާ ކާޑުތައް ބޭނުންކޮށްގެން 87 މިލިއަން ޓްރާންސެކްޝަން ދައުރުކޮށްފައިވާކަމަށް ބުނެފައިވެއެވެ. 

ބީއެމްއެލްއިން ވަނީ ކާޑުގެ މުއާމަލާތްތައް ހިންގާފައިވާގޮތުގެ ތަފްސީލު ވެސް ހާމަކޮށްފައެވެ. އެގޮތުން، އެންމެ ގިނައިން ޓްރާންސެކްޝަންތައް ހިންގާފައިވަނީ ވިޔަފާރިތަކުގައި ހުންނަ "ޕީއޯއެސް" ކާޑު މެޝިން ތަކުންނެވެ. ޕީއޯއެސް ޓްރާންސެކްޝަންތަކުގެ އަދަދު އުޅެނީ 55 މިލިއަނުގައެވެ. ދެން އެންމެ ގިނައީ އޭޓީއެމް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކެވެ. އެގޮތުން އޭޓީއެމް މެދުވެރިކޮށް 14 މިލިއަން ޓްރާންސެކްޝަން ހިންގާފައިވެއެވެ. 

ރާއްޖޭން ބޭރުގައި ކާޑުން ހިންގާފައިވަނީ 9 މިލިއަން ޓްރާންސެކްޝަނެވެ. އަދި، އޮންލައިން ވިޔަފާރި ކުރުމަށް ކާޑުން 9 މިލިއަން ރުފިޔާގެ ޓްރާންސެކްޝަން ހިންގާފައިވާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. 

ބީއެމްއެލްއަކީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ބޭންކިން ހިދުމަތް ދޭ އިދާރާއެވެ. އެގޮތުން އެ ބޭންކުން މިހާރު އަންނަނީ މުޅި ރާއްޖޭގައި ބޭންކުުގެ ހިދުމަތް ދިނުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންނެވެ. އެގޮތުން އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއުގެ ތެރެއިން މިހާތަނަށް ފަސް އަތޮޅެއްގެ ހުރިހާ ރަށެއްގައި ވަނީ މަސައްކަތް ފުރިހަމަކޮށްފައެވެ. 

ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން 87 މިލިއަން ޓްރާންސެކްޝަން މިދިޔަ އަހަރު ހިންގިއިރު، ރާއްޖޭގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ފުޅާކުރުމުން މި އަހަރު އެ އަދަދު އިތުރުވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު