ENGLISH

04 ޖުލައި 2025

Advertisement

ފުރަތަމަ ފަހަރަށް ގައުމީ އެއަރލައިންގައި ދިވެހިން ހައްޖަށް ފުރައިފި

27 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ފުރަތަމަ ފަހަރަށް ގައުމީ އެއަރލައިން މޯލްޑިވިއަންގައި ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް  ފުރައިފިއެވެ.

ގައުމީ އެއަރްލައިންގެ ބޯޓެއްގައި ޙައްޖުވެރިންގެ ދެވަނަ ގުރޫޕް ފުރާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ.

މި ފްލައިޓުން 255 މީހުން ފުރިއިރު މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރަނީ ޖިއްދާ ގަޑިން މިއަދު 11:00 އެހާއިރުއެވެ.

އެއީ ރާއްޖެ ގަޑިން މެންދުރު 2:00 ހާއިރުއެވެ.

މިއަދުގެ އިތުރުން ބުރާސްފަތި އަދި ހުކުރު ދުވަހު ވެސް ހައްޖުވެރިން ފުރަން ހަމަޖެހިފައިވެއެވެ. އެގޮތުން ހުކުރުދުވަހު ފުރަން ހަމަޖެހިފައިވާ ހައްޖުވެރިންވެސް ދަތުރުކުރާނީ ގައުމީ އެއަރލައިންގައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މިފަހަރު ހައްޖުވެރިންގެ %50 އުފުލާނީ ގައުމީ އެއަރލައިންގައެވެ.

ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރު ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ.

އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. އަދި މާލޭގައި ހުންނަ ހުޅުލޭ ފެރީ ޓާމިނަލުންވެސް އެއަރޕޯޓަށް ދެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.

މީގެއިތުރުން މިިއަހަރު ހައްޖުވެރިންނަށް އިތުރަށް ފަސޭހަ ކޮށްދިނުމަށްޓަކާ މި ސަރުކާރުން ވަނީ "މައްކާ ރޫޓު އިނީޝިއޭޓު"ގައި ރާއްޖެ ބައިވެރިކޮށްފައެވެ. އެ އިނިޝިއޭޓިވްގެ ސަބަބުން ސައުދީއަށް ދިވެހި ހައްޖުވެރިންނަށް ދެވުމުން އެއާޕޯޓުގައި މަޑުކުރަންނުޖެހި މައްކާއަށް ދިއުމަށް މަގުފަހިވާނެއެވެ. އަދި އެއާޕޯޓުން ހައްޖުވެރިން ތިބޭ ހޮޓަލަށް ދާގީނާވެސް ގެންދެވޭނެއެވެ. 

އެ އިނިޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ.

މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު