ENGLISH

04 ޖުލައި 2025

Advertisement

ލ. ގަމުގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު އެޅުމުގެ މަޝްވަރާތައް ފަށައިފި

27 މޭ 2025

|

ޢަލީ ޝަހީމް

އެންޑީއޭގެ ޓީމުން ލ. ގަމު ކައުންސިލާއެކު ބޭއްވި ބައްދަލުވުން. އެރަށުގައި އަވަހަށް އެ ހިދުމަތް ފަށަން އަންނަނީ ތައްޔާރުވަމުން. ފޮޓޯ: އެންޑީއޭ

ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް އެޅުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ލ. ގަމުގައި އަޅާ ސެންޓަރާ ގުޅޭ މުހިއްމު މަޝްވަރާތަކެއް ކޮށްފިއެވެ. 

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން، ދިވެހިރާއްޖޭގެ ޤާނޫނާއި، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެށުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 02 ވަނަ ދުވަހެވެ.

ސަރުކާރުން ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރަން ނިންމާފައިވަނީ ލ. ގަމުގެ އިތުރުން ކ. ކާށިދޫ އަދި ނ. ވެލިދޫގައެވެ.

ގަމުގައި ރިހެބިލިޓޭޝަން ސެންޓަރު އެޅުމުގެ މަޝްވަރާތައް ކުރިއަށްދިޔައީ އިއްޔެ އެވެ. އެގޮތުން ގަމު ކައުންސިލާއެކު މަޝްވަރާތައް ކުރިއަށްގެންދިއުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ޓީމެއް ވަނީ އެރަށަށް ޒިޔާރަތްކޮށްފައެވެ. އެންޑީއޭގެ ފަރާތުން ބޯޑު މެމްބަރުން ވަނީ ބައްދަލުވުމުގައި ބައިވެރިވަޑައިގެންފައެވެ.

ބައްދަލުވުމުގައި ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް މަސްތުވާތަކެތީގެ ފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ފެސިލިޓީ ޤާއިމުކުރުމަށް ބޭނުންވާ ލޭންޑް އޭރިއާ އެލޮކޭޝަން އާއި ޓްރީޓްމަންޓް ޕްލޭންގެ ބާވަތްތައް ދެނެގަތުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި، ރިހެބިލިޓޭޝަން ސެންޓަރު ގާއިމްކުރާއިރު އެފަދަ ހިދުމަތެއްގެ ސްޓްރެޓެޖިކް މުހިއްމުކަމާއި ގުޅޭގޮތުން ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ނިސްބަތް އިތުރުވަމުންދާއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ފަރުވާގެ ނިޒާމެއް ނެތުމެވެ. އެ ގޮންޖެހުމަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތްކުރަނީ މުޅި ރާއްޖެ ހިމެނޭހެން ފަރުވާގެ ނިޒާމް ފުޅާކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު