ENGLISH
04 ޖުލައި 2025
އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
27 މޭ 2025
|
އުތުރުގެ އަތޮޅުތަކަށް ކަނޑު ގަދަވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 12:30 ގެ ނިޔަލަށެވެ.
މެޓުން ބުނިގޮތުގައި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މީގެއިތުރުން ކުރިއަށް އޮތް 24 ގަޑިއިރު ބައެއް ސަރަހަށްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވެއެވެ.
ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދިނެވެ.
ރާއްޖެއަށް މިހާރު ވަނީ ހުޅަނގު މޫސުން ފެށިފައެވެ. މެޓް އޮފީހުން ނެރުނު ބަޔާނުގައި ބުނީ މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް މެއި 7 ވަނަ ދުވަހު ފެށުނުއިރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި 12 ވަނަ ދުވަހު ކަމަށެވެ. އަދި، އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވަނީ މެއި 21 ވަނަ ދުވަހެވެ.