ENGLISH

04 ޖުލައި 2025

Advertisement

ރައީސްގެ ނިންމެވުމާއެކު ހައްޖުވެރީންގެ މައްކާ-މަދީނާ ދަތުރު ހައިސްޕީޑް ޓްރެއިންގައި، 10 ގަޑިއިރުގެ ދަތުރު 2 ގަޑިއިރަށް ކުރުވާނެ

26 މޭ 2025

|

އަޙުމަދު ޙަމީދު

ރައީސް މުޢިއްޒު މިއަހަރު ޙައްޖަށްދާ ބައެއް މީހުންނާއި ވާހަކަ ދައްކާލައްވަނީ

ދިވެހި ޙައްޖާޖިން މައްކާއިން މަދީނާއަށް ބަހުގައި ކުރަމުން އައި ދިގު ދަތުރު ނިމުމަކަށް ގެނެސް ކުރިއަށް އޮތްތާ އެ  ދަތުރު ހައިސްޕީޑް ޓްރެއިންގައި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ނިންމަވާފައިވާތީ އެގޮތަށް އަމަލު ކުރަން ނިންމާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް މިރޭ ވިދާޅުވެއްޖެ އެވެ.

މީގެ ކުރީން މައްކާ އިން މަދީނާއަށް ދިވެހި ޙައްޖާޖިން ދަތުރުކުރަމުން އައީ ބަހުގަ އެވެ. އެއީ 8 ގަޑިއިރު ނުވަތަ 10 ގަޑިއިރުގެ ދަތުރެކެވެ. އެއީ ޙައްޖުވެރީންނަށް ވަރަށް ބޮޑު ތަކުލީފެކެވެ.

ދިވެހި ޙައްޖާޖީންނަށް ވީހާވެސް ރަނގަޅު ޚިދުމަތެއް ދިނުމަށް ރައީސް މުޢިއްޒު ވަނީ އަންގަވާފަ އެވެ. އަދި ޚިދުމަތް ފުރިހަމަ ކުރުމަށް މަސައްކަތްތައް ކުރުމަށް ޙައްޖު ކޯޕަރޭޝަނަށް ވަނީ އަންގަވާފަ އެވެ. އެ ގޮތުން މައްކާއިން މަދީނާއަށް ބަހުގައި ކުރަމުން އައި ދިގު ދަތުރު ނިމުމަކަށް ގެނައުމަށް އެންގެވި އެވެ. އަދި އެ ދަތުރު ހައިސްޕީޑް ޓްރެއިންގައި ކުރުމަށް އެންގެވި އެވެ.

ޝަކީލް ވިދާޅުވީ ޙައްޖާޖީން މައްކާއިން މަދީނާއަށް ކުރާ ދަތުރު ހައިސްޕީޑް ޓްރެއިންގައި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ނިންމަވާފައިވާތީ މި އަހަރުންފެށިގެން ހައްޖުވެރިން މައްކާއިން މަދީނާއަށް ކުރާދަތުރުތައް ކުރާނީ ހައިސްޕީޑް ޓްރެއިންގައި ކަމަށެވެ.

މިއާއެކު ދަތުރުގެ ވަގުތު ދެ ގަޑިއިރަށް ކުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ޙައްޖުގެ އަޅުކަމަށް ފަހު ޙައްޖުވެރިންގެ ތަކުލީފުތަކަށް ލިބޭ ބޮޑު ލުޔަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އިތުރު އެތައް ޚިދުމަތެއް 

މިއަހަރަކީ ދިވެހި ހައްޖުވެރިންގެ އިންތިޒާމްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ބޮޑެތި ބަދަލުތަކެއް ގެނެވި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ އަހަރެކެވެ. 

މިއަދު ރާއްޖޭގައި ރަސްމީކޮށް އިފްތިތާޙްކުރި މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ ކަމެއް ވަނީ ފުރިހަމަ ކޮށްފަ އެވެ. އަދި ޙައްޖު ވެރިން ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ. މިއީ ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާ ބޮޑު ފަސޭހައެކެވެ.

އެގޮތުން މިނާގެ ފެންވަރު ރަނގަޅު ކޮށް ކެޓަގަރީ ބީއަށް ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު ދިވެހި ޙައްޖުވެރިން މިނާ އަދި ޢަރަފާތުގައި ތިބޭ ޓެންޓުތަކުގައި ކޮންމެ ޙާޖީއަކަށް ޚާއްސަ ސޯފާ އެނދެއް ހުންނާނެ އެވެ. ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގައި އިތުރު ޤައުމެއްގެ ޙާޖީނެއްވެސް މިއަހަރު ނުތިބޭނެ އެވެ. މީގެ އިތުރުން ޢަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގަ އިވެސް ކޮންމެ ޙާޖީއަކަށް ވަކިން ސޯފާ އެނދުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސަޢުދީގެ ހޮސްޕިޓަލަކާއި ގުޅިގެން މައްކާގައި ދިވެހި ޙައްޖުވެރިންނަށް ޚާއްސަ ކްލިނިކެއް ވެސް ވަނީ ޤާއިމު ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު