ENGLISH

04 ޖުލައި 2025

Advertisement

އުއްތަމަފަނޑިޔާރު ނުގުޅުއްވާ، ރާއްޖެޓީވީން ފަތުރަނީ ދޮގު: ރައީސް ނަޝީދު

26 މޭ 2025

|

އަޙުމަދު ޙަމީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ: މަޖިލީސް

ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅޭގޮތުން އުއްތަމަފަނޑިޔާރު އަލްއުސްތާޛު މުޢުތަސިމް ޢަދުނާނު, މުއާމަލާތް ކުރެއްވި ކަމަށް ބުނެ ރާއްޖެއެމްވީ ފަތުރަމުންދާ ޚަބަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދޮގު ކުރައްވައިފި އެވެ.

އެކަން ދޮގު ކުރައްވާ ނަޝީދުގެ އޮފީހުން ވެސް ބަޔާނެއް ނެރުއްވާފައިވެ އެވެ.

އެ ބަޔާނުގައި ބުނީ ރާއްޖެއެމްވީން ފަތުރި ޚަބަރުގައި "އަލިފުން ޔާޔަށް އޭގައި ހުރި ހުރިހާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު" ކަމަށެވެ.

އަދި އުއްތަމަ ފަނޑިޔާރަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައިވެ އެވެ. ނަޝީދު ވިދާޅުވީ މުއުތަސިމް އަދުނާނަކީ އެމަނިކުފާނުގެ ނަޒާހަތްތެރިކަމާމެދު ދުވަހަކު ވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލަވާނެ ބޭފުޅެއް ކަމާމެދު ވެސް ކުޑަވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ.

އެމަނިކުފާނު އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަނު ކުރީވެސް އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ އެ ބާވަތުގެ ބޮޑުވެގެންވާ ފިތުނަވެރި ދޮގު ވާހަކަރައް ފެތުރުން ހުއްޓާލަން ވެސް ގޮވާލައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު