ENGLISH

04 ޖުލައި 2025

Advertisement

ކަނޑޫދޫ ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލައިފި

26 މޭ 2025

|

އަޙުމަދު ޙަމީދު

ތ. ކަނޑޫދޫ

ތ. ކަނޑޫދޫ ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލައިފި އެވެ.

އެކަން ކުރީ ކަނޑޫދޫ ސުކޫލުގެ ބިދޭސީ ޓީޗަރެެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި ހާދިސާ މިއަދު ހެނދުނު 10:55 އެހާކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކަނޑޫދޫ ސުކޫލުގެ ދަރިވަރެއްގެ އިނގިލި އެ ސުކޫލުގެ ބިދޭސީ ޓީޗަރަކު, ހިފާ އަނބުރާލާ ހުޅުން ނައްޓާލި މައްސަލައެއް ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަނިޔާ ލިބުނު ކުއްޖާއަށް މިވަގުތު ވޭމަންޑޫ ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާ ނަމަވެސް މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު