ENGLISH
04 ޖުލައި 2025
ހުޅުމާލެެއަށް އިތުރު ފުރިހަމަކަމެއް، 100 މީޓަރުގެ އުސް ޓަވަރެއް އަޅަނީ
26 މޭ 2025
|
ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން އިފްތިތާޙު ކުރުން -- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އެންމެ ހިތްގައިމު ރަށް -- ހުޅުމާލޭގެ ރަމްޒުކޮށްދޭ ބިނާއެއްގެ ގޮތުގައި 100 މީޓަރުގެ "އައިކޯނިކް ޓަވަރެއް" އެޅުމަށް އަލަށް އެކުލަވައިލި ހުޅުމާލޭގެ މާސްޓާ ޕްލޭންގައި ހިމަނައިފި އެވެ.
މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭންގެ މައުލޫމާތު އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރު އަހުމަދު ޒިނަފް ވަނީ މައުލޫމާތު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ހުޅުމާލޭ އާ މާސްޓާޕްލޭން ގައި ފަރުކޮޅުފުށީގެ ނިމޭ ހިސާބުގައި "އައިކޯނިކް ޓަވަރު" އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެ ޓަވަރަކީ ހުޅުމާލޭ ރަމްޒުކޮށްދޭ ޚާއްސަ ބިނާ އަކަށްވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުމާލޭ ފޭސް އެކެއްގައި އެންމެ ޚާއްސަ ބިނާ އަކީ އެ ސިޓީގައި ދެވަނައަށް އެޅި މިސްކިތް ކަމަށާ ހުޅުމާލެ ފޭސް ދޭއް ގައި ހިޔާ ޓަވަރުތައް ކަމަށެވެ. އަދި ހުޅުމާލެ ފޭސް ތިނެއްގެ ރަމްޒަކަށް ވެގެން ދާނީ 100 މީޓަރުގެ އުސް މި ޓަވަރު ކަމަށް ވިދާޅުވި އެވެ.