ENGLISH
04 ޖުލައި 2025
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ޢަޒުމީ އާއި ޝަފީޢު އިންތިޚާބުކޮށްފި
26 މޭ 2025
|
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަހަރީ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ބާ ކައުންސިލް
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އަލްއުސްތާޛު މުޙައްމަދު ޢަޒުމީ އާއި އަލްއުސްތާޛު މުޙައްމަދު ޝަފީޢު އިންތިޚާބުކޮށްފިއެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބު ބޭއްވީ މިއަދެވެ. ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާނުކޮށް ބާ ކައުންސިލުން މިއަދު ވަނީ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
ބާ ކައުންސިލުން ބުނީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ ޖުމުލަ 1078 ޢާއްމު މެންބަރުން ކަމަށެވެ.
މުޙައްމަދު ޢަޒުމީ އިންތިޚާބުކުރަން ފެންނަ ކަމަށް 132 މެންބަރުން ވޯޓުލިއެވެ. ނުފެންނަ ކަމަށް ވޯޓުލީ 96 މެންބަރުންނެވެ. ޖުމުލަ ވޯޓުލީ 228 މެންބަރުންނެވެ.
މުޙައްމަދު ޝަފީޢު މަޤާމަށް އިންތިޚާބުވީ 270 ވޯޓާއެކުއެވެ. ނުފެންނަ ކަމަށް 39 މެންބަރުން ވޯޓުލީއިރު، ޖުމުލަ ވޯޓަކީ 309 އެވެ.
ބާ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނީ، ރަސްމީ ނަތިޖާއާއެކު އަލްއުސްތާޛު މުޙައްމަދު ޢަޒުމީ އަދި އަލްއުސްތާޛު މުޙައްމަދު ޝަފީޢު އިންތިޚާބުވެފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ހިނގަމުންދާ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސްގެ އިތުރުން ހަތަރު މެންބަރުންގެ ދައުރު ނިމެންވަނީ ކައިރިވެފައެވެ. އެހެންވެ، ބާ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް އެ އިދާރާއިން އިޢުލާނުކުރިއެވެ. މިއަދު ފެންނަ ނުފެންނަ ވޯޓުލީ އޭގެތެރެއިން ދެ ކެންޑިޑޭޓުންގެއެވެ.
ބާ ކައުންސިލަށް ނައިބު ރައީސާއި އިތުރު މެންބަރުން ހޮވުމަށްޓަކައި އެ ކައުންސިލުން އިޢުލާނުކުރާނެއެވެ. އެ މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ ޖޫން މަހުގެ 15 ވަނަ ދުވަހެވެ.