ENGLISH
04 ޖުލައި 2025
ހައްޖުވެރީންގެ ފުރަތަމަ ގުރޫޕް ފުރައިފި
26 މޭ 2025
|
ރައީސް މުޢިއްޒު މިއަދު ޙައްޖަށް ފުރި މީހަކާއި ސަލާމް ކުރައްވަަނީ -- ފޮޓޯ: ރައީސް އޮފީސް
މި އަހަރު ޙައްޖުގެ އަޅުކަމަށް ރާއްޖެއިންދާ މީހުންގެ ފުރަތަމަ ގުރޫޕް މިއަދު ފުރައިފި އެވެ.
މިއަދު ހަވީރު ސައުދީއަށް ފުރާފައި ވަނީ 235 މީހުންނެވެ. މި އަހަރު ދިވެހި ޙައްޖުވެރީން ދަތުރުކުރާނީ ސަޢުދިއާ އަދި މޯލްޑިވިއަންގެ ފްލައިޓްތަކުގަ އެވެ. ހަތަރު ފްލައިޓެއްގައި 1000 ޙައްޖުވެރީން ދަތުރުކުރާނެ އެވެ.
ދަތުރުތައް އޮތީ މިއަދާއި މާދަމާ އަދި 29 ވަނަ ދުވަހާއި 30 ވަނަ ދުވަހު އެވެ.
ޙައްޖުގެ އަޅުކަމަށް ރާއްޖެއިންދާ މީހުންގެ ފުރަތަމަ ގުރޫޕް މިއަދު ފުރާފައިވާއިރު މި އަހަރަކީ ދިވެހި ޙައްޖުވެރީންނަށް އެންމެ ގިނަ ލުއިތަކާއި ފަސޭހަތައް ލިބޭނެ އަހަރެވެ. އެ ގޮތުން މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުމުން ގިނަ ލުއިތަކެއް ލިބޭނެ އެވެ. ޙައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަންގެ އެރައިވަލްގައި ޕާސްޕޯޓް ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން މަޑުކުރާކަށް ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ އެވެ. ލަގެޖް ވެސް ލިބޭނީ ހޮޓަލުންނެވެ. އަދި ހައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއާރޕޯޓްގައި އިސްތިޤުބާލު ކުރާނެ އެވެ.
މީގެ އިތުރުން މިނާގެ ފެންވަރު ރަނގަޅު ކުރުމަށް ކެޓަގަރީ ބީއަށް ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު ދިވެހި ޙައްޖުވެރިން މިނާ އަދި ޢަރަފާތުގައި ތިބޭ ޓެންޓުތަކުގައި ކޮންމެ ޙާޖީއަކަށް ޚާއްސަ ސޯފާ އެނދެއް ހުންނާނެ އެވެ. ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގައި އިތުރު ޤައުމެއްގެ ޙާޖީނެއްވެސް މިއަހަރު ނުތިބޭނެ އެވެ. މީގެ އިތުރުން ޢަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގަ އިވެސް ކޮންމެ ޙާޖީއަކަށް ވަކިން ސޯފާ އެނދުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސަޢުދީގެ ހޮސްޕިޓަލަކާއި ގުޅިގެން މައްކާގައި ދިވެހި ޙައްޖުވެރިންނަށް ޚާއްސަ ކްލިނިކެއް ވެސް ވަނީ ޤާއިމު ކޮށްފަ އެވެ.