ENGLISH

04 ޖުލައި 2025

Advertisement

ދިވެހި ހާޖީންނަށް ބޮޑު ފަސޭހައެއް، މައްކާ ރޫޓް އިނީޝިއޭޓިވް ރައީސް އިފްތިތާހު ކޮށްދެއްވައިފި

26 މޭ 2025

|

އަޙުމަދު ޙަމީދު

މައްކާ ރޫޓް އިނީޝިއޭޓިވް ރައީސް އިފްތިތާހު ކޮށްދެއްވުން -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ޙައްޖުވެރީންނަށް ބޮޑު ފަސޭހައެއްް ލިބިގެންދާނެ މައްކާ ރޫޓް އިނިޝިއޭޓްވް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މިއަދު ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓްގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސައޫދީގެ ހައްޖު މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި އިމިގްރޭޝަންގެ މަތީފެންވަރުގެ 42 ބޭފުޅަކު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި ސައުދީ ރަސްގެފާނު ސަލްމާންގެ ޚާއްޞަ އިރުޝާދުގެ ދަށުން މައްކާ ރޫޓްގައި ރާއްޖެ ހިމެނުއްވީ މިކަމުގައި ޤައުމުތަކަށް ކަނޑައަޅާފައި އޮންނަ ހުރިހައި ޝަރުޠަކުން ރާއްޖެ އިސްތިސްތިސްނާކޮށް ޚާއްޞަކަން ދެއްވައިގެންނެވެ.

މި ފަސޭހަ ލިބޭ ޤައުމުތަކަކީ އަހަރަކު މަދުވެގެން 20,000 މީހުން ޙައްޖަށް ގޮސް އުޅޭ ޤައުމުތަކަށް ދެމުން އަންނަ ފުރުސަތެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ޝަހީމް ވަނީ އެ ފުރުސަތު ދިވެހީންނަށް ދެއްވި ކަމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންއަށް ޝުކުރު އަދާކުރައްވާފަ އެވެ.

މައްކާ ރޫޓްގައި ހައްޖުވެރިން ސައުދީގެ ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަންގެ އެރައިވަލްގައި ޕާސްޕޯޓް ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން މަޑުކުރާކަށް ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ އެވެ. ލަގެޖް ވެސް ލިބޭނީ ހޮޓަލުންނެވެ. އަދި ހައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއާރޕޯޓްގައި އިސްތިޤުބާލު ކުރާނެ އެވެ.

މިއީ ޖިއްދާ އެއާޕޯޓްގައި އެތައް އިރަކު ތިބުން ނިމުމަކަށް ގެންނާނެ ތާރީޚީ ފަސޭހަ ކަމަކަށް ވާނެ ކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު