ENGLISH
04 ޖުލައި 2025
ޖައިކާ އާއި މަސްވެރިކަމާބެހޭ ވުޒާރާ ގުޅިގެން ބްލޫ އިކޮނޮމީ މަސައްކަތު ބައްދަލުވުން ބާއްވައިފި
26 މޭ 2025
|
މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މަސްވެރިކަމާބެހޭ ވަޒީރު ވާހަކަދައްކަވަނީ-- ފޮޓޯ: މަސްވެރިކަމާބެހޭ ވުޒާރާ
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި ދިވެހިރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާ ގުޅިގެން "ދަ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ދަ ފިޝަރީޒް ސެކްޓަރ އޮފް މޯލްޑިވްސް" ގެ ނަމުގައި މަސައްކަތުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
ރާއްޖޭގެ ކެޔޮޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުން އޮތީ މިއަދު ހެނދުނު މީރުމާ ހޮޓަލުގައެވެ. މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މަސްވަރިކަމާބެހޭ ވަޒީރު، އަޙްމަދު ޝިޔާމްގެ އިތުރުން ވުޒާރާގެ ޕަރމަނަންޓް ސެކެޓްރީ، ޑރ. އާމިނަތު ޝާފިއާ އަދި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރުމިކޯ ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ މި ޕްރޮޖެކްޓަކީ ޖައިކާ އާއި މަސްވެރިކަމާބެހޭ ވުޒާރާ ގުޅިގެން 2014 ވަނަ އަހަރުން ފެށިގެން ކުރަމުން އައި މަސައްކަތެއްކަން ފާހަގަ ކުރައްވާ، މި ޕްރޮޖެކްޓު އަދާހަމައަށް އައިސްފައިވާ ގޮތުގެ ކުރު ތަފްސީލެއް ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ކެޔޮޅުން ޖަޕާނަށް ގެންގޮސްގެން ޖަޕާނުގައި އެންވެރިކަން ކުރާ ގޮތް ދައްކާލާ، އެކަމުގެ ތަޖުރިބާ ހޯދައިދީފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ.
ސަފީރުގެ ވާހަކަފުޅުގައި ވަނީ ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާނީ ގުޅުމުގެ ވާހަކަ ފާހަގަކުރައްވާ، ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.