ENGLISH

26 ނޮވެމްބަރު 2024

ހިޔާ ޓަވަރުގެ ރަހީނުކުރުން: 8 މީހަކު ތަހުގީގު ނިމެންދެން ބަންދު ޖަހައިފި

17 ނޮވެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުގެ އެޕާޓްމެންޓެއްގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ތެރެއިން 8 މީހަކު ތަހުގީގު ނިމެންދެން ބަންދުކޮށްފި އެވެ.

މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އެޕާޓްމެންޓެއްގައި މީހަކު ރަހީނުކުރި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 5 މީހަކު ތިން ދުވަހަށް އަދި ބާކީ 7 މީހުން ނުވަ ދުވަހަށް ބަންދުކުރަން ނިންމި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިއަދު ފުލުހުން ބުނީ މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަހްމަދު ޒާހިދު (36އ), ދަންމަރު, ށ. ފޯކައިދޫގެ ބަންދަށް 5 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.

އަލްމާން އަލީ ހާލިދު (22އ), ވެހި, ގދ. ވާދޫ އާއި މުހައްމަދު އިޒްކާން (18އ), މ.ހަތިކަނޑު, މާލެ އަދި އިޒާން އަހްމަދު (18އ), ޒުނައިޓްވިލާ, ކ. ގުރައިދޫގެ ބަންދަށް 8 ދުވަސް ޖަހާފައިވާ ކަމަށެވެ.

ބާކީ ތިބި 8 މީހުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލާގައި ދެން ހައްޔަރުކޮށްފައިވާ މީހުންނަކީ; އާދަމް ހުސައިން (48އ), ޖަމީލާމަންޒިލް, ލ. މާވަށްއިބްރާހީމް ނަޝީދު (34އ), ހިޔަލީގުލްޝަން, ލ. އިސްދޫއަހްމަދު ސަމީހު (22އ), ނައިޓްސްޓާރ, ބ. ގޮއިދޫއިސްމާއީލް ވިސާމް މުހައްމަދު (29އ), ވ. ގާމާ, ކ. މާލެވިޝާމް މުހައްމަދު (23އ), ޗިޗަންޑާގެ, ގދ. ވާދޫވިސާމް މުހައްމަދު (30އ), ހުޅުޏާލެ ހިޔާ 14-17-03,މުޝްތާގު ޝާކިރު (37އ), ޖަނަވަރީގެ, ގދ. ވާދޫހަސަން ޣާލިބު (38އ), އާރެސް, މ. ކޮޅުފުށި އެވެ. 

ކިޔުންތެރިންގެ ހިޔާލު