ENGLISH

04 ޖުލައި 2025

Advertisement

މި އަހަރުގެ ދިވެހި ޙައްޖުވެރިންނާއެކު، އިސް ޝެއިޚަކަށް މުޠީޢު

26 މޭ 2025

|

އަޙުމަދު ޙަމީދު

މި އަހަރުގެ ދިވެހި ޙައްޖުވެރިންނާއެކު، އިސް ޝެއިހަކީ އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު

މި އަހަރުގެ ދިވެހި ޙައްޖުވެރިންނާއެކު، އިސް ޝެއިޚަކަށް ވަޑައިގަންނަވާނީ އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ދިވެހި ޙައްޖުވެރީންގެ ކަންކަން ބެލެހެއްޓުމަށް ކޮންމެ އަހަރަކު ވެސް ދީނީ ޢިލްމުވެރި އަކު ހަމަޖައްސަވަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު ދިވެހި ޙައްޖުވެރިންނާއެކު، އިސް ޝެއިޚަކަށް ވަޑައިގަންނަވާނީ އައްޝައިޚް މުޠީޢު އިސްމާޢީލް ކަމަަށެވެ.

މުޠީޢު އަކީ އިސްލާމިކް މިނިސްޓްރީގެ ނާއިބެކެވެ. 

މި އަހަރުގެ ޙައްޖުގެ އަޅުކަމަށްދާ ދިވެހީންގެ ފުރަތަމަ ގުރޫޕް މިއަދު ފުރާނެ އެވެ. މި އަހަރު ވެސް ރާއްޖެއިން ހާހަކަށް ވުރެ ގިނަ ދިވެހީންގެ ޙައްޖުގެ އަޅު ކަމަށް ފުރާނެ އެވެ.

މިދިޔަ އަހަރުން ފެށިގެން ދިވެހީން ޙައްޖަށް ގެންދިއުމުގެ ކަންކަން ކުރަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނެވެ. އެ ކޯޕަރޭޝަނުން ގެންދަނީ ދިވެހި ޙާޖީންނަށް ފަސޭހައަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު