ENGLISH
04 ޖުލައި 2025
ހުޅުމާލެއަކީ 'ފައިނޭންޝަލް ކެޕިޓަލް' އަކަށް ހަދަން ބޭނުން: ރައީސް
26 މޭ 2025
|
ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން އިފްތިތާހުކުރުމަށް މިއަދު ފޭސް 2 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވާހަކަދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)
މުހިއްމު ބަދަލުތަކަކާއެކު އަލުން އެކުލަވާލެވުނު ހުޅުމާލޭގެ މާސްޓަރ ޕްލޭނުގެ ދަށުން، 'ފައިނޭންޝަލް ކެޕިޓަލް' ގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަން މަގުފަހިވެގެންދާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން އިފްތިތާހުކުރުމަށް މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މާސްޓަރ ޕްލޭނާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އައު ވެބްސައިޓު ވެސް ވަނީ ލޯންޗުކޮށްފަ އެވެ.
މިއަދު އިފްތިތާހުކުރި މާސްޓަރ ޕްލޭނަކީ ރައީސް ސިފަކުރެއްވި ގޮތުގައި، ދުރުރާސްތާއަށް ވިސްނިގެން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީންކުރެވިގެންދާ ޕްލޭނެެކެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މި ޕްލޭނާ އެއްގޮތަށް ހުޅުމާލޭ ތަރައްގީކުރެވިއްޖެ ނަމަ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ 3 ލައްކައެއްހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމުގެ ފުރުސަތުތަކެއް ހޯދައިދެވޭނެއެވެ.
"މި ފްލޭންގެ ދަށުން މިހާރު ގޯތިތައް ހަމަޖެހިފައިވާ ފަރާތްތަކަށް ގޯތިތައް ލިބި އެތަންތަން ތަރައްގީވެގެންދާއިރު އެންމެ ހިތްހަމަޖެހޭ ފަަދަ މާހައުލެއްގައި މި ދެންެނެވީ ކުޑަކުދިން ގޮވައިގެން ނުކުމެ އުޅެލެވޭނެ ފަދަ މާހައުލެއްގައި އުޅެވޭނެ ގޮތް މީގެއިން މަގުފަހިވެގެން އެބަދޭ. ތޮއްޖެހި ހާސްކަން ބޮޑުވެފައި އޮންނަ މާހައުލެއް އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ބޭނުންވާނެ ގޮތެއް ނޫން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ ފައިނޭންޝަލް ކެޕިޓަލްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަން އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަ އެވެ. މާސްޓަރ ޕްލޭންގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ ބައިނަލްއަގްވާމީ މާލީ އިދާރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗާއާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރުން ހިމެނޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަަގުން ހުޅުމާލެ ތަރައްގީކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ.
"ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި މިތަން ތަރައްގީކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވާ ގޮތެއް. މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓް ގާއިމުވެފައިވާ ގޮތަށް އެއަށް ކޮމްޕްލިމެންޓްކުރަން ފައިނޭންޝަލް ސީޓަކީ ހުޅުމާލޭ ކަމަށް ހެދުމަކީ އަޅުގަނޑު އެންމެ ބޭނުންވާ ގުޅިލާމެހިފައިވާ ދެމެހެއްޓެނިވި ތަރައްގީއަކީ." ރައީސް ވިދާޅުވި އެވެ.
އެޗްޑީސީން ބުނީ މާސްޓަރ ޕްލޭން އެކުލަވާލާފައިވަނީ ހުޅުމާލޭގެ ބިމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭ، ދިރިއުޅޭ މީހުންނަށް ވިޔަފާރިތަކާއި އެހެނިހެން ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރެވެނޭ ގޮތަށް ކަމަށެވެ.