ENGLISH

04 ޖުލައި 2025

Advertisement

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ކަމަށް ކުރީގެ ރައީސް ޑރ. ވަހީދު އައްޔަނުކުރައްވައިފި

26 މޭ 2025

|

އުމްނާ އިސްމާޢީލް

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ކަމަށް ކުރީގެ ރައީސް ޑރ. ވަހީދު އައްޔަނު ކުރެއްވުން. -(ފޮޓޯ/ ރައީސް އޮފީސް)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އައްޔަނުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ ކުރީގެ ރައީސް ޑރ. ވަހީދާއި ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުއިއްޒު ވަނީ، ރައީސް ވަހީދަކީ ވަރަށް ގާބިލު ބޭފުޅެއްކަން ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. އަދި އިގްތިސާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ގައުމުތަކާއެކު މަޝްވަރާކުރައްވައި ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށްވެސް އިރުޝާދު ދެއްވި އެވެ. ރައީސް ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމުގެެ ޔަގީން ވެސް ދެއްވާފަ އެވެ. 

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަހީދު ވަނީ ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވައި ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފަ އެވެ.

ރައީސް ޑރ. ވަހީދު މި މަގާމަށް އައްޔަނުކުރައްވާފައިވަނީ މުސާރަ ލިބިވަޑައި ނުގަންނަވާ ގޮތަށެވެ.

ރައީސް ޑރ. ވަހީދު ވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތަޢުލީމީ ދާއިރާގެ އިސް މަޤާމުތަކެއްވެސް ފުރުއްވި ޑރ. ވަހީދަކީ ޔުނިސެފުގައިވެސް އިސް މަޤާމުތަކެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު