ENGLISH

04 ޖުލައި 2025

Advertisement

ޒުވާނުންނަށް ފުރުޞަތެއް، ޔޫތު ކޭމްޕް މި މަހު ކުޑަގިރީގައި ބާއްވަނީ

26 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

މިދިޔަ އަހަރު ފަރުކޮޅުފުށީގައި ބޭއްވި ޔޫތު ކޭމްޕްގެ ބައިވެރިން. މިއަހަރު ޔޫތު ކޭމްޕް މި މަހު އޮންނާނީ ކުޑަގިރީގައި. ފޮޓޯ: ޔޫތު މިނިސްޓްރީ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ބާއްވާ ޔޫތު ކޭމްޕު މިފަހަރު ކުޑަގިރީގައި ބާއްވަން ނިންމައިފިއެވެ.

ޔޫތު ކޭމްޕް ކުޑަގިރީގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހެވެ. އެދުވަހު ކޭމްޕް ކުރިއަށްދާނީ ހެނދުނު 7 އިން ރޭގަނޑު 7 އަށެވެ. 

މި ކޭމްޕުގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރުކޯޑް ބޭނުންކޮށްގެން ނުވަތަ ފުރިހަމަ ނަމާއި ނަންބަރު އަދި އުމުރު 7925704 އަށް ފޮނުވުމުން ރަޖިސްޓްރީކުރެވޭނެއެވެ.

ކުޑަގިރީގައި ބާއްވާ ޔޫތު ކޭމްޕުގައި ޒުވާނުންނާއި ގުޅުންހުރި މުހިއްމު ދާއިރާތަކުގެ ސެޝަންތައް ކުރިއަށްގެންދާނެއެވެ. ސެޝަންތައް ކުރިއަށްގެންދާނީ ޝައުގުވެރި ކުޅިވަރު ހަރަކާތްތަކާއެކުއެވެ. އަދި، ކޭމްޕު ނިމުމުން ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިދިޔަ އަހަރު ވެސް ޔޫތު މިނިސްޓްރީން ވަނީ ޔޫތު ކޭމްޕް ބާއްވާފައެވެ. އެފަހަރު ކޭމްޕު ބައްވާފައިވަނީ ފަރުކޮޅުފުށީގައެވެ.

ޔޫތު މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ޖުމްލަ 46 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު