ENGLISH

26 މޭ 2025

Advertisement

ނޭޝަނަލް ސާވިސް ޕްރޮގްރާމަށް މިހާތަނަށް 658 ކުދިން ހުށަހަޅައިފި

25 މޭ 2025

|

ހަސަން އާމިރު

ގޭންގު ކުށްތަކާއި އެހެނިހެން ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ނޭޝަނަލް ސާވިސް ޕްރޮގްރާމަށް މިހާތަނަށް 658 ކުދިން ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގޭންގު ކުށްތަކާއި އެހެނިހެން ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގުކުރެއްވުމަށް ފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަށް މިހާތަނަށް ހުށަހެޅި ކުދިންގެ  ތެރޭގައި 538 ފިރިހެން ކުދިންނާއި 120 އަންހެން ކުދިން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި 16-18 އަހަރާ ދެމެދުގެ، ބެލެނިވެރިންގެ ރުހުމާ އެކު 316 ކުދިން ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ އަޚުލާގު ރަނގަޅު، ދީނީ ކަންކަމުގައި ސަމާލުކަންދޭ ވަރަށް ޑިސިޕްލީން އަދި މަސައްކަތެއް ދަސްވެފައި ތިބި ކުދިންނަށް ވެގެންދާނެ ކުދިން. މި ކުދިންގެ ކިބައިގައި ގައުމީ ލޯބި، ގައުމީ ޖޯޝް ހުންނާނެ. ތަމްރީނު ނިންމާފައި ސިފައިންގެ އަށް ވަންނަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ވެސް އޮންނާނެ. ފުލުހުންގެ ޚިދުމަތަށް ދާން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ވެސް އޮންނާނެ. މި ދެތަނުންކުރެ ތަނަކަށް ވަންނަން ބޭނުން ނުވާ ކުދިން ބޭނުން ކެރިއާއަކުން ކުރިއަށް ދާން ވެސް ފުރުސަތު ލިބޭ ޕްރޮގްރާމެއް މިއީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ޕްރޮގްރާމް ހިންގުމުން، މަގުތައް މަތީގައި ކުށްކުރުމުގައި އުޅޭ ކުދިން މަދުވާނެ ކަަމަށެވެ. އަދި އެ ކުދިންނަކީ ވަރަށް ބޭނުންތެރި ކުދިންތަކަކަށް ވެގެންދާނެ ކަމަށެވެ. ޕްރޮގްރާމުގެ އެއް ބޭނުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެެއްވީ، މުޖްތަމަޢުގައި އިހްތިރާމް ލިބިގެންވާ ޒުވާނުންތަކެއް ތަރުބިއްޔަތު ކުރުން ކަމަށެވެ.

މި މަހު 1 ވަނަ ދުވަހު ހުޅުވާލި ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަށް އޮންނާނެ އެވެ.

ނޭޝަނަލް ސާވިސް ޕްރޮގާމުގެ ތެރޭން އަހަރަކު 1،000 ކުދިން ތަމްރީނު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު