ENGLISH

26 މޭ 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ތެލަސީމިއާ ސެންޓަރުގެ އާ އިމާރާތް ހުޅުވައިދެއްވުން

25 މޭ 2025

|

ހަސަން އާމިރު

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފި. ހަފުލާގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އިފުތިތާހުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރު ބައްލަވާލައްވާފަ. އަދި އެމަނިކުފާނު ވަނީ އެ ސެންޓަރުން ޚިދުމަތް ދެއްވާ ފަރާތްތަކާއި، ޚިދުމަތް ހޯދާ ބައެއް ފަރާތްތަކާ ބައްދަލުކޮށްލައްވައި އެބޭފުޅުންގެ ޝުއޫރުތައް އަޑުއައްސަވާފަ. ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް މި ސަރުކާރުން އަންނަނީ ދެއްވަމުން. މިގޮތުން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަޝްރޫޢު މަޑުޖެހިފައި އޮތުމުން އެ މަޝްރޫޢަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، އެ މަޝްރޫޢު އަވަހަށް ކުރިއަށްގެންދިއުމަށް ސިފައިންނާއި ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ. ސިފައިންނާ ހަވާލުކުރުމުން އެބޭފުޅުން ވަނީ ގާތްގަނޑަކަށް އެއް މަސް ދުވަސްތެރޭ އެ މަސައްކަތް ފުރިހަމަ ކުރައްވާފަ.

ކިޔުންތެރިންގެ ހިޔާލު