ENGLISH

26 މޭ 2025

Advertisement

ޢަރަފާތު ދުވަހުގެ ޚުޠުބާ ދެއްވާނީ ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު

25 މޭ 2025

|

އަޙުމަދު ޙަމީދު

މަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު

މަސްޖިދުއްނަމިރާގައި ޢަރަފާތު ދުވަހުގެ ޚުޠުބާ ދެއްވާނީ، އަލްމަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު ކަމުގައި ސަޢުދީ ރަސްގެފާނު ސަލްމާން ބުން ޢަބްދުލް ޢަޒީޒް ކަނޑައަޅުއްވައިފި އެވެ.

ރަސްގެފާނުގެ އެ ނިންމެވުމުން މިއަދު ވަނީ ހާމަ ކުރައްވާފަ އެވެ.

އަލްމަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު ވަނީ ވަރަށް ޅަ އުމުރުގައި ކީރިތި ޤުރުއާން ހިތުން ދަސް ކުރައްވާފަ އެވެ. ޕީއެޗްޑީ ހާސިލު ކުރެއްވީ މަދީނާގެ އުއްމުލް ޤުރާ ޔުނިވަރސިޓީންނެވެ.

ޙައްޖުގެ އެންމެ މުހިންމު އަޅުމަކީ ޢަރަފާތުގައި ހުރުމެވެ. ޢަރަފާތު ބިމަށް ނުދެވުނު މީހަކަށް ޙައްޖުގެ އަޅުކަމެއް ނުލިބޭނެ އެވެ. ޙައްޖު ދުވަހުގެ އެންމެ ޚާއްސަ ކަމަކީ އަރަފާތު ބިމުގައި އިއްވޭ ޚުތުބާ އެވެ.

މަސްޖިދުއްނަމިރާގައި އިއްވޭ މި ޚުތުބާ އަކީ އިސްލާމީ އުންމަތަށް އަގުހުރި ނަސޭހަތްތަކާއި އިރުޝާދުތައް ދެވޭ ޚުތުބާ އެެކެވެ. ކޮންމެ އަހަރަކު ހައްޖު ދުވަހު ޚުތުބާ ދެއްވާނެ ޚަތީބަކު ކަނޑައަޅުއްވަނީ ސީދާ ރަސްގެފާނެވެ.

ކިޔުންތެރިންގެ ހިޔާލު