ENGLISH
12 ސެޕްޓެމްބަރު 2025
ޑްރެސްކޯޑާއި އެއްގޮތަށް ހެދުންއަޅާފައިވާ ކޮންމެ ނޫސްވެރިއަކަށްވެސް ތަފާތެއް ނެތި ފުރުސަތު ދޭނެ: ރައީސް އޮފީސް
25 މޭ 2025
|
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ އިވެންޓަކަށް ކަނޑައަޅާފައިވާ ޑްރެސްކޯޑާއި އެއްގޮތަށް ހެދުންއަޅާފައިވާ ކޮންމެ ނޫސްވެރިއަކަށްވެސް އެ އިވެންޓުގައި ބައިވެރިވުމުގެ ފުރުޞަތު އެއްވެސް ތަފާތުކުރުމެއް ނެތި ދެމުން ގެންދާނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހެން ބުނީ މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމަށް އެ އޮފީހުން ކަނޑައަޅާފައިވާ ޑްރެސްކޯޑާ ޚިލާފަށް ހެދުން އަޅާފައި ހުރުމުން ނޫސްވެރިންގެ ބައްދަލްވުމަށް ނޫސްވެރިޔަކަޑް ވަނުމަށް ފުރުސަތު ނުދިނުމުން އޭނާ ނިސްބަތްވާ މީޑިއާގެ ވެރީން ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރާތީ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ އޮފީހުން ބާއްވާ ނޫސްވެރީންގެ ބައްދަލުވުންތަކަށް ދަޢުވަތުދޭ އިރު، އެ ބައްދަލުވުމަކަށް ޙާޒިރުވާނެ ޑްރެސްކޯޑް، ދަޢުވަތުގައި ހިމަނާފައި ވާނެ ކަމަށެވެ.
އަދި ބައްދަލުވުމަށް ނަންނޯޓު ކުރައްވާ ނޫސްތަކަށް އެކަން ދަނީ ހަނދާންވެސް ކޮށް ދެމުން ކަމަށް ވިދާޅުވި އެވެ.
ތަރުޖަމާން ވިދާޅުވީ ޑްރެސްކޯޑާ ޚިލާފަށް، ހެދުން އަޅައިގެން އަންނަ ނޫސްވެރިޔާއަަށް، ވަގުތު އޮތް ނަމަ، ޑްރެސްކޯޑާއި އެއްގޮތަށް ހެދުން އަޅައިގެން އައުމަށް އަލުން ފުރުޞަތުވެސް ދަނީ ދެމުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަދެ ނުކުމެވުމުގައި މިހާރު ޢަމަލުކުރެވެމުންދާ ޑްރެސްކޯޑުގެ އުޞޫލު އެކުލަވާލާފައިވަނީ 2017 ވަނަ އަހަރު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ އިވެންޓަކަށް ކަނޑައަޅާފައިވާ ޑްރެސްކޯޑާއި އެއްގޮތަށް ހެދުންއަޅާފައިވާ ކޮންމެ ނޫސްވެރިއަކަށްވެސް އެ އިވެންޓުގައި ބައިވެރިވުމުގެ ފުރުޞަތު އެއްވެސް ތަފާތުކުރުމެއް ނެތި ދެމުން ގެންދާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.