ENGLISH
25 މޭ 2025
އެތައް ބަޔަކަށް ލަނޑުދިން ޒައިދާން ފޭކު ސްލިޕްތަކެއް ފޮނުވި މައްސަލާގައި ހައްޔަރު ކޮށްފި
25 މޭ 2025
|
ކުށުގެ ރެކޯޑް އޮތް މީހާ -- ފޮޓޯ: ޕޮލިސް
ތަފާތު އެކި ދުވަސްމަތިން "ފުޑީސް ޑެލިވަރީ" އަށް ކާބޯތަކެއްޗަށް އޯޑަރުކޮށް، ޚިދުމަތް ހޯދުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ސައްޙަ ނޫން ސްލިޕްތަކެއް ހަދައި "ފުޑީސް ޑެލިވަރީ" އަށް ފޮނުވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ސިނަމާލެ 1 05-13 / މާލެ، ޒައިދާން މުޙައްމަދު ހާޝިމް އެވެ.
މީނާއަކީ މަކަރާއި ހީލަތުގެ ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ތަހުޤީޤަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މީނާ އަކީ މީގެ ކުރީން އެތައް ބަޔަކަށް ލަނޑުދީ އަނިޔާވެރިވެފައިވާ މީހެކެވެ. ބައެއް މީހުންގެ އެޕާޓްމަންޓްތައް ކުއްޔަށް ނަގާ ވެރިފަރާތަށް ނޭންގޭ ގޮތަށް މުޅި އެޕާޓްމަންޓްގައި ހުރި ތަކެތި ވަގަށް ގެންގޮސް ފިލާފައިވެ އެވެ. އެތައް ބަޔަކަށް އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާފައިވެ އެވެ.
ފުލުހުން ބުނީ މައްސަލައާ ގުޅިގެން ޒައިދާން މުޙައްމަދު ހާޝިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.