ENGLISH
12 ސެޕްޓެމްބަރު 2025
އާޖެންޓީނާގެ ޤައުމީ ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި
25 މޭ 2025
|
އާޖެންޓީނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް، ހާވިއޭ ޖެރާޑޯ މިލެއި އަށާއި، އެމަނިކުފާނުގެ ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައިފިއެވެ.
އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ، އާޖެންޓީނާގެ ރައީސަށް ފުރިހަމަ ސިއްޙަތަކަށް އެދިވަޑައިގެން، އާޖެންޓީނާގެ ރައްޔިތުންނަށް ކުރިއެރުމާއި ބާއްޖަވެރިކަމަށް އެދިވަޑައިގެންފައެވެ.