ENGLISH

04 ޖުލައި 2025

Advertisement

މިއަދުގެ ރީތި ތާރީހުގައި މާލޭގައި 59 ކައިވެނި!

25 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ފެމިލީ ކޯޓުގެ ބޭރު ތައްޔާރުކޮށްފައި. މިއަދު ގިނަ ކައިވެނިތަކެއް ކުރުމަށް ވަނީ ހަމަޖެހިފައި

މިއަދުގެ ރީތި ތާރީހު 25-5-25 ގައި މާލޭގައި ޖުމްލަ 59 ކައިވެނި ކުރާނެ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން ވަނީ މިއަދު އެ ކޯޓުން ކޮށްދޭ ކައިވެނިތަކުގެ އަދަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައެވެ. 

މިއަދު ސަރުކާރުގެ ރަސްމީ ގަޑީގައި 23 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާކަމަށް ފެމިލީ ކޯޓުގެ ޕޯސްޓުގައި ބުނެފައިވެއެވެ. 

މިހާ ގިނަ ކައިވެނިތަކެއް ކުރާތީ، ފެމިލީ ކޯޓުގެ ބޭރުގައި ޓެންޓު ޖަހައި، މީހުންނަށް އިށީނދެވޭނެ ގޮތަށް ގޮނޑި ޖަހައި ސަރަހައްދު ވަނީ ތައްޔާރުކޮށްފައެވެ. 

މިދިޔަ އަހަރުގެ އެންމެ ފަހުން އައި ރީތި ތާރީޚު 24-12-24 ގައި މާލޭގައި 52 ކައިވެނި ވަނީ ކޮށްފައެވެ. އަދި ކުރީގެ އަހަރުތަކާ ޚިލާފަށް، މި އަހަރު ހަފުތާ ބަންދު ދުވަސްތަކުގައިވެސް ކޯޓުގައި ކައިވެނިކޮށްދިނުމަށް ވަނީ ނިންމާފައެވެ. މިއީ ގިނަ ބައެއްގެ އެދުމުގެ މަތިން ނިންމާފައިވާ ނިންމުމެކެވެ.

ރީތި ތާރީޚުތަކުގައި ރާއްޖޭގައި އާއްމުކޮށް ގިނަ ކައިވެނިތަކެއް ކުރެއެވެ. އަދި މިފަހުން، އެގޮތަށް އަންނަ ތާރީޚުތަކުގައި ކުރާ ކައިވެެނިތައް އިތުރުވެ، އެ ކައިވެނިތަކަށް އާއްމުންގެ ސަމާލުކަންވެސް ލިބެއެވެ. 

ކިޔުންތެރިންގެ ހިޔާލު