ENGLISH
04 ޖުލައި 2025
ރައީސުލްޖުމްހޫރިއްޔާ ޖޯޑަންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
25 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖޯޑަންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނު ޢަބްދުﷲ ދެވަނައަށާއި، ބޮޑުވަޒީރު ޑރ. ޖަޢުފަރު ޙަސަންއަށާއި، ޖޯޑަންގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް ހިއްސާކުރެއްވި މެސެޖުގައި، ޖޯޑަންގެ ލީޑަރޝިޕަށާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، އެ ޤައުމުގެ ސުލްޙައާއި ކުރިއެރުމާއި ތަނަވަސްކަން ދެމިއޮންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޖޯޑަންއާ އެކު އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވައި، ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޖޯޑަންގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. މި މުނާސަބަތަކީ ޖޯޑަންގެ ޤައުމީ ފަޚުރާއި އެއްބައިވަންތަކަން ދައްކުވައިދޭ އުފާވެރި މުނާސަބަތެކެވެ.