ENGLISH

04 ޖުލައި 2025

Advertisement

އިމިގްރޭޝަން އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފި

25 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

މާލެ ސަރަހައްދުގައި އިމިގްރޭޝަނުން ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަނުގައި، އޮފިސަރުން ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށައިފިއެވެ. 

މި އޮޕަރޭޝަނަކީ ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަނެކެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ނުގަވާއިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި، ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ފަށައިފައެވެ.

ހުޅުމާލެ ފޭސް 1 ގެ ސަރަހައްދެއް އިއްޔެ ބަލައި ފާސްކުރުމަށްފަހު، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، މި މަސައްކަތުގެ މަޤްޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ޙައްލެއް ހޯދައި، އާންމު ޞިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު