ENGLISH
04 ޖުލައި 2025
އިމިގްރޭޝަނުން ހުޅުވާލި ވަޒީފާތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެ
24 މޭ 2025
|
މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލި ވަޒީފާގެ ފުރުސަތުތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
އިމިގްރޭޝަނަށް 50 ޓްރޭނީ އޮފިސަރުން ނެގުން މިއަދު އޮތީ ގަލޮޅު މަދަރުސާގަ އެވެ. ވޯކް-އިން އިންޓަވިއު ކުރިއަށް ދިޔައީ ހެނދުނު 9 އިން ހަވީރު 5 އަށެވެ. އިމިގްރޭޝަން އޮފިސަރުގެ މަގާމަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ފާހަގަކުރިއެވެ. ވަޒީފާ އަށް އެދި ހުށަހެޅުމަށް ސްކޫލް ބޭރުގައި ވެސް ދިގު ކިޔޫއެއް އޮތެވެ.
އިންޓަވިއު ކުރިއަށް ދިޔަ ވަގުތު ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރިޓަޔާޑް) އަހުމަދު ފަސީހު ވަނީ އެތަނަށް ޒިޔާރަތް ކުރައްވައިފަ އެވެ. އިމިގްރޭޝަނުގެ ވަޒީފާތަކަށް އެހާ ގިނަ އަދަދެއްގެ ޒުވާނުން ޝައުގުވެރި ކަމަށްޓަކައި ފަސީހު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އިމިގްރޭޝަނުން ކުރި އިއުލާނުގައި ބުނެފައި ވަނީ އިމިގްރޭޝަން އޮފިސަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި އޯލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނެއްގައި ދަށްވެގެން ދެ މާއްދާއިން "ޑ" ފާސް ލިބިފައިވުމާއެކު، އޯލެވެލް ނުވަތަ އޭލެވެލްގައި ދިވެހި ބަހުން ދަށްވެގެން "ސީ" ފާސް ލިބިފައިވާން ޖެހޭނެ ކަމަށެވެ. އަދި އިތުރު ޝަރުތަކުގެ ތެރޭގައި އެމްއެންކިއުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓް ހާސިލްކޮށްފައިވުން ހިމެނެއެވެ. އިމިގްރޭޝަނުގެ ވަޒީފާތަކަށް ނަގަނީ 40 އަހަރުން ދަށުގެ މީހުންނެވެ.
އިމިގްރޭޝަނުގެ އިތުރުން ކަސްޓަމަސް އަށް ވެސް 136 މީހަކު ވަޒީފާއަށް ނެގުމަށް ވަނީ އިޢުލާންކޮށްފަ އެވެ. ކަސްޓަމަސްގެ ޕޯޓަލް މެދުވެރިކޮށް އެ ވަޒީފާތަކަށް މި މަހުގެ ނިޔަލަށް ހުށަހެޅޭނެ އެވެ.