ENGLISH
04 ޖުލައި 2025
ކައުންސިލް އިންތިހާބު އޭޕްރީލް މަހު ބާއްވަން ތައްޔާރީތައް ފަށައިފިން: ކޮމިޝަންގެ ރައީސް
24 މޭ 2025
|
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު. ކައުންސިލް އިންތިހާބު އޮންނާނީ އަން އަހަރުގެ އޭޕްރީލް މަހު
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހު ބާއްވަން ޝެޑިއުލްކޮށް ތައްޔާރީތަކުގެ މަސައްކަތް ފަށާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ޒާހިދު މިފަދައިން ވިދާޅުވީ "ޕީއެސްއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
އެންގެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކައުންސިލް އިންތިހާބު ބާއްވަން ނިންމައި، ވަރަށް ބޮޑު އިސްކަމެއް ދީގެން ތައްޔާރީތައް ވަމުން އަންނަކަމަށް ޒާހިދު ވިދާޅުވިއެވެ. އެގޮތުން ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިހާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ކޮމިޝަންގެ ރައީސް ފާހަގަކުރެއްވިއެވެ. އޭގެތެރެއިން މިހާރު ހާއްސަ އިސްކަމެއްދީގެން ކުރަނީ ގާނޫނުތަކާއި ގަވާއިދުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތްކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ.
ބޮޑު އިންތިހާބަކަށް ތައްޔާރުވާއިރު މިވަގުތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންތިހާބީ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ކަމަށް ޒާހިދު ފާހަގަކުރެއްވިއެވެ. އެގޮތުން، ދަރުބާރުގެއާއި ބާޖަމާލުއްދީން އިމާރާތް ނުލިބޭތީ، އިންތިޚާބާބެހޭ މަރުކަޒުގެ ގޮތުގައި އިމާރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޒާހިދު ވިދާޅުވިއެވެ. ދަރުބާރުގޭގައި ސަރުކާރުގެ ބައެއް ވުޒާރާތައް މިހާރު ހިންގަމުން އަންނައިރު ބާޖަމާލުންދީން އިމާރާތް މިހާރު ވަނީ ތަޅާލާފައެވެ.
އިލެކްޝަން ކޮމިޝަންގެ ވިސްނުމަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ގުނުން ފިޔަވައި، އެހެން ހުރިހާ ކަމެއް ޑިޖިޓަލައިޒް ކުރުން ކަމަށް ޒާހިދު ވިދާޅުވިއެވެ. އެގޮތުން ގިނަ ޚިދުމަތްތަކެއް ޑިޖިޓަލް ކުރެވިއްޖެނަމަ ރައްޔިތުންނަށް ލުއިފަސޭހަވެގެން ދާނެކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ.
އެންމެ ފަހުން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވީ 2021 އޭޕްރީލް 10 ވަނަ ދުވަހެވެ.