ENGLISH

04 ޖުލައި 2025

Advertisement

އަމިއްލަ ވަޒަނުގައި ތިބެގެން އޭޓީއެމްގެ ޚިދުމަތް ދިވެހިންނަށް ލިބުމަކީ ރައީސްގެ ޚާއްޞަ އިސްނެންގެވުމެއް: ވަޒީރު އާދަމް ޝަރީފު

24 މޭ 2025

|

އިސްމާއީލް ރާތިއު

ށ. ފީވަކުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ޙަފްލާގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް

އަމިއްލަ ވަޒަނުގައި ތިބެގެން އޭޓީއެމްގެ ޚިދުމަތް ދިވެހިންނަށް ލިބުމަކީ ރައީސްގެ ޚާއްޞަ އިސްނެންގެވުމެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ށ. ފީވަކުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުންނެވެ.

މީގެ އިތުރުން ވަޒީރު ވަނީ ކުރިއަަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

އޭޓީއެމް ހުޅުވުމަށްފަހު، މި ޙަފްލާގައި ބީއެމްއެލްއިން ވަނީ ފީވަކު ކައުންސިލަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ފީވަކުގެ އިތުރުން އެ އަތޮޅު ފޯކައިދޫއާއި މަރޮށީގައިވެސް މިއަދު ވަނީ ބީއެމްއެލްގެ އޭޓީއެމްތައް ހުޅުވާފައެވެ. މި ދެ ރަށުގައި ވާހަކަދައްކަވަމުންވެސް ވަޒީރު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ބީއެމްއެލްގެ ވެރިން ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ބީއެމްއެލް އާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. އަދި މިހާތަނަށް ށ. އަތޮޅުގެ އަށް ރަށެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ މި ޚިދުމަތް ފައްޓަވާދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު