ENGLISH

04 ޖުލައި 2025

Advertisement

ށ. އަތޮޅުގެ އިތުރު ދެ ރަށެއްގައި އޭޓިއެމްގެ ޚިދުމަތް ފަށައިފި

24 މޭ 2025

|

އިސްމާއީލް ރާތިއު

ޅައިމަގުގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ޙަފްލާގެ ތެރެއިން-- ފޮތޯ: ޕީއެސްއެމް

ށ. އަތޮޅުގެ އިތުރު ދެ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ. މިއަދު އޭޓީއެމްގެ ޚިދުމަތް ފެށީ ށ. ޅައިމަގާއި ށ. ނަރުދޫގައެވެ. 

މިއަދު އެ ދެ ރަށުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. ދެ ރަށުގެ އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމަށް، އެމަނިކުފާނު ވަނީ ދެ އޭޓީއެމް އިން ފައިސާ ނަންގަވާފައެވެ.

ނަރުދޫގެ އޭޓީއެމް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައްޔިތުންނަށް ދިމާވާ އެކި ތަކުލީފުތަކަށް ލުއި ހޯއްދަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން ކުރު މުއްދަތެއްގެ ތެރޭގައި ގިނަ  ރަށްތަކެއްގައި އޭޓީއެމް ބެހެއްޓިފައިވާކަން ފާހަގަކުރައްވާ، ވަޒީރު ވަނީ މިކަމުގައި ބީއެމްއެލްގެ ލީޑަރޝިޕުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ، އެކަމަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ.

ޅައިމަގުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމަށް ރައީސް ޑރ. މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވާ، އެގޮތުން ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތައް ގުޅިގެން ރައްޔިތުންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަަށް ވިދާޅުވެފައެވެ. 

ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އިއްޔެ އާއި މިއަދު އެކީ ހަތް ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވާއިރު، ވަޒީރުގެ މި ދަތުރުފުޅުގައި އިތުރު ތިން ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވާނެއެވެ. މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ 100 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ބީއެމްއެލްގެ އަމާޒެވެ.

ކިޔުންތެރިންގެ ހިޔާލު