ENGLISH

04 ޖުލައި 2025

Advertisement

ޔޫތު މިނިސްޓްރީގެ "ހޭލުންތެރި މީޑިއާ" ކ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

24 މޭ 2025

|

ޢަލީ ޝަހީމް

ޔޫތު މިނިސްޓްރީން ކ. ތުލުސްދޫގައި ކުރިއަށްގެންދިޔަ "ހޭލުންތެރި މީޑިއާ" ގެ ބައިވެރިން. ފޮޓޯ: ޔޫތު މިނިސްޓްރީ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ފަރާތުން ކުރިއަށްގެންދާ "ހޭލުންތެރި މީޑިއާ" ޕްރޮގްރާމް ކ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ. 

ދެ ދުވަހުގެ މުއްދަތަކަށް މާލެ އަތޮޅުގެ ރަށްތަކަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް އޮތީ ކ. ތުލުސްދޫގައެވެ. އިއްޔެ ނިމުނު އެ ޕްރޮގްރާމްގައި ތުލުސްދޫގެ އިތުރުން ކ. މާފުށި، ކ. ގުޅި، ކ. ހުރާ، ކ. ދިއްފުށި އަދި ކ. ހިންމަފުށި ހިމެނޭހެން 23 ބައިވެރިން ޕްރޮގްރާމް ފުރިހަމަކުރިއެވެ. 

ހޭލުންތެރި މީޑިއާ ޕްރޮގްރާމްގައި ނޫސްވެރިންގެ އިތުރުން ކައުންސިލްތަކުގެ މުވައްޒަފުންނާއި ޖަމިއްޔާތަކުން މީހުން ބައިވެރިވިއެވެ. 

ޕްރޮގްރާމްގައި ކުރިއަށްގެންދިޔަ މައުޟޫއުތަކުގެ ތެރޭގައި ނޫސްވެރިކަމާއި ނޫސްވެރިކަމުގެ އަޚްލާގް ހިފެހެއްޓުމުގެ އިތުރުން ނޫސްވެރިކަމުގައި ބޭނުންކުރާ ލިޔުންތެރިކަން ހިމެނެއެވެ. އަދި، ނޫސްވެރިކަމުގެ ތެރެއިން ދުނިޔެ ދެކެމުން އައި ތަރައްޤީގައި ރާއްޖެއަށް އައިސްފައިވާ ބަދަލުތަކާއި ތަޙްޤީގީ ނޫސްވެރިކަމުގެ އިތުރުން ތަފާތު ފިކުރުތަކުގެ ނޫސްވެރިކަމާއި ގުޅޭގޮތުން ބައިވެރިންނަށް ވަނީ މަޢުލޫމާތުދީފައެވެ. 

ހޭލުންތެރި މީޑިއާ ޕްރޮގްރާމްގައި ސެޝަންތައް ނަންގަވައިދިނުމަށް ދިވެހި ބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ ބައިވެރިވެޑައިގަތެވެ. އަދި، ބްރޯޑްކާސްޓިން ކޮމިޝަންގެ ބޭގުޅުންނާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ބޭފުޅުން ބައިވެރިވެޑައިގަތެވެ. އިދާރާތަކުގެ ބޭފުޅުންގެ އިތުރުން ނޫސްވެރިކަމުގެ ތަޖުރިބާކާރުންނާއި، ނޫސްވެރިން ތަމްރީނުކުރުމުގައި ގިނަ އަހަރުތަކަކު ޚިދުމަތްކުރެއްވި އަޙްމަދު ނަޒީފް ވެސް ވަނީ  ސެޝަންތައް ކުރިއަށްގެންދަވާފައެވެ. 

ޔޫތު މިނިސްޓްރީން ވަނީ މިދިޔަ އަހަރު ވެސް ހޭލުންތެރި މީޑިއާ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ ޕްރޮގްރާމް ކުރިއަށްގެންދިޔައީ އައްޑޫ ސިޓީ ފުވައްމުލަށް ސިޓީގެ ބައިވެރިންނަށެވެ. 

ކިޔުންތެރިންގެ ހިޔާލު